05 Jul 2010, 15:19
19:00
ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ތަރައްޤީ ކުރުމަށް 25 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެންވަރަންމަންޓް މިނިސްޓްރީން ބުނީ އެ ފަނޑުން ފައިސާ ދިނުމަށް ހޮވި ފުރަތަމަ ހަ ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެފައިސާ ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި އެ ފަންޑުން ރާއްޖެ އަށް މިފައިސާ ދިނުމަށް ނިންމީ، އެފަންޑަށް އެ މިނިސްޓްރީން ހުށަހެޅި ޕްރޮޕޯޝަލް މިނިވަން މުސްތަގިއްލު ކޮމިޓީއަކުން ވަޒަން ކުރުމަށްފަހު އެ ހުށަހެޅުމަށް އެހީ ދިނުމަށް މަލްޓިލެޓްރަލް ކްލައިމެޓް އިންވެސްޓްމަންޓް ފަންޑުގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުމާއެކު އެކޮމިޓީގެ ބައްދަލުވުމުން އެ ގޮތަށް ފާސްކުރުމާ ގުޅިގެންނެވެ.
މިފަންޑުން އެހީ ހޯދުމަށް 34 ޤައުމަކުން ހުށަހަޅާފައިވާއިރު އެހީ ދިނުމަށް ހަމަޖެހިގެންދިޔަ ހަ ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި ކާބަން މަދު އިގްތިސާދަކަށް ރާއްޖޭގެ އިގްތިސާދު ހެދުމަށް ރާއްޖޭން ގެންގުޅޭ ސިޔާސަތާއި، ދުނިޔޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ޤައުމަށް ވުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން މިރޮނގުން ނަމޫނާ ޤައުމަކަށް ވުމުގެ ފުރުސަތު ރާއްޖެއަށް އޮތްލެއް ބޮޑުކަން، ކްލައިމެޓް އިންވެސްޓްމަންޓް ފަންޑުގެ ބޯޑުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް ވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.