23 Oct 2020, 14:20
ގުޅީފަޅާ ދިމާ ބޭރުގައި ބަނދަރުކޮށްފައި އޮތް "ވިކްޓޯރިއާ 267" މޫދަށް ވެއްޓި އަނިޔާވި ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އެއީ 64 އަހަރުގެ ބިދޭސީއެއް ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
އެމްއެންޑީއެފްއިން މިއަދު ބުނެފައި ވަނީ، ވިކްޓޯރިއާ ބޯޓުން ވެއްޓުނު މީހާ މާލެ ގެނެސް ހޮސްޕިޓަލަށް ގެންދިޔުމަށް އެހީތެރިވެފައިވާ ކަމަށެވެ. އަދި އެ މީހާގެ ބޯ ފެޅިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު އެ މީހާ މަރުވެފައިވާ ކަމަކަށް ނުބުނެ އެވެ.