ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުން ފްރާންސްގައި މިދިޔަ ހަފްތާ މަރާލި ޓީޗަރު ސެމުއަލް ޕެޓީގެ މަރުގެ މައްސަލައިގައި ހަތް މީހަކަށް ދައުވާކުރަން އެގައުމުން ނިންމައިފި އެވެ.

ސެމުއަލް ވަނީ ކީރިތި ރަސޫލާއަށް ކާޓޫން ކުރަހައިފައިވާ ފޮޓޯއެއް އޭނާގެ ދަރިވަރުންނަށް ދައްކައިފަ އެވެ.

ސެމުއަލް މަރާލައިފައިވަނީ ޗެޗްނިއާއަސް ނިސްބަތްވާ މުސްލިމެކެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ އޭނާ މަރާލައިފަ އެވެ.

ސެމުއަލްގެ މަރާ ގުޅިގެން ދައުވާކުރަން ނިންމާފައިވާ މީހުންގެ ތެރޭގައި ގާތިލާއި ގުޅުން އޮންނަ މީހަކާއި ގާތިލަށް ސެމުއަލް ދެއްކި ދެ ކިޔަވާކުދިންވެސް ހިމެނެެ އެވެ.

އޭގެ އިތުރުން ސެމުއަލްގެ ދަރިވަރެއްގެ ބައްޕަގެ މައްޗަށްވެސް ނަފްރަތު އުފެއްދުމުގެ ދައުވާ ކުރަން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ދީނީ މީހެއް ކަމަށް އަބްދުލް ހަކީމް ސެފްރިއޯއީގެ މައްޗަށްވެސް ވަނީ ދައުވާ އުފުލަން ނިންމައިފަ އެވެ. ހަކީމް ވަނީ ސެމުއަލްއާ ދެކޮޅަށް ވާހަކަތައް ދައްކައިފަ އެވެ.

އޭގެ އިތުުރުން ގާތިލަށް ހަތިޔާރު ގަނެދޭން އުޅުނު މީހަކާއި ގާތިލް ސްކޫލަށް ކާރުގައި ގެންގޮސްދިން މީހާއަށްވެސް ދައުވާކުރަން ވަނީ ނިންމައިފަ އެވެެ.

ސެމުއަލްގެ ޖަނާޒާ ބާއްވާއިފައިވާއިރު އޭނާގެ އާއިލާއަށް ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން ވަނީ އެގައުމުގެ އެންމެ މަތީ ޝަރަފް އަރުވައިފަ އެވެ.--ބީބީސީ---