ޑިފެންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ރީނީ އަބްދުއްސައްތާރު އިސްތިއުފާދެއްވައިފި އެވެ.

ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން ދެންމެ ވިދާޅުވީ ރީނީ އިސްތިއުފާ ދެއްވީ "އާއިލާ އަށް ވަގުތު ދެއްވުމަށް" ވިދާޅުވެ ކަމަށާއި އޭނާ އިސްތިއުފާ ދެއްވީ މިއަދު ކަމަށެވެ.

ރީނީ އިސްތިއުފާ ދެއްވި މި ދަނޑިވަޅަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީ ގޭގައި ހުންނަވަނިކޮށް މިލިޓަރީ ސިފައިން އޭނާގެ ގެކޮޅަށް ރޭގަނޑުގެ ފަސް ގަޑިއެއްގައި އޭނާ "ލުހެލާފައި" ވާ ދަނޑިވަޅެއްގަ އެވެ.

އިސް ގާޒީ ހައްޔަރު ކުރިތާ 48 ގަޑިވާން ކައިރިވެފައިވާ އިރު އޭނާ ހުންނެވި ތަނެއް އަދި ހުންނެވީ ކޮން ހާލުކޮޅެއްްގައި ކަމެއް އެއްވެސް ފަރާތަކުން ނުބުނެ އެވެ.