Last Updated:
1 decade 4 year ago

ހަރަކާތްތައް ހުއްޓާ ނުލަން ހުވާ ކޮށް، މުޒާހަރާ ނިންމައިފި

  • ޑރ. ޖަމީލު ދޫނިދޫގައި އަބްދުﷲ ގާޒީ ގިރިފުށީގައި
ބުލޮގު ޚުލާސާ
ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފުލުހުން ބަންދު ކޮށްފައިވަނީ ގާނޫނީ އަސާސީއާ ހިލާފަށް ކަމަށް ކަނޑަ އަޅައި އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ރޭ އަމުރު ކުރުމުން ދޫކޮށްލާފައި ވަނިކޮށް މިއަދު ފުލުހުން ފޮނުވިޗިޓަށް މިރޭވެސް ޑރ. ޖަމީލު ފުލުހަށް ހާޒިރުވެއްޖެ އެވެ.
02:18ޖުމްހޫރީ މައިދާން ސަރަހައްދުން

މިރޭ އިރާކޮޅުން ފެށިގެން އެމްއެމްއޭ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާ ފުލުހުން ރޫޅައިލުމާއެކު ނިންމާލައިފި އެވެ. މުޒާހަރާ ނިންމާލީ ސަރުކާރާ ދެކޮޅަށް ކުރިޔަށްގެންދާ ހަރަކާތްތައް ހުއްޓާ ނުލުމަށް ހުވާ ކުރުމަށްފަހު އެވެ. އަދި މިރޭ އިއުލާން ކޮށްފައި ވަނީ މާދަމާ ހަވީރު ސިޔާސީ ޕާޓީތަކުގެ ނޫސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ. އަދި ބުނެފައި ވަނީ މާދަމާރޭ ވެސް މުޒާހަރާ އޮންނާނެ ކަމަށާއި މުޒާހަރާގެ ހަރަކާތްތައް އެ ސަރަހައްދުގައި މާދަމާރޭ ފަށާނީ ރޭވުންތެރިކަމާއެކު ވަރުގަދަކޮށް ކަމަށް ވެސް ވަނީ ބުނެފައެވެ.
02:07

ނިހާނާއި ފްލައި މަހުލޫފު އަދި މަދަނީ އިއްތިހާދުގެ އަބްދުﷲ ތިއްބެވީ ސިފައިންގެ ދޮރުމަތީގައި އެބޭފުޅުން ބޭނުން ވަނީ ސިފައިންގެ އަބްދުﷲ ގާޒީއާބެހެ ގޮތުން ޖަވާބެއް ހޯދަން. އެބޭފުޅުން ވަޑައިގެން ސިފައިންގެ ކުރިމަތީގައި އިށީނުމުން ފުލުހުން ގޮސް ފަހަތަށް ޖައްސައިފި.
02:03މަސްމާރުކޭޓް ކައިރިން

މުޒާހަރާ ރޫޅިގެންދިޔަ ވަގުތު ޝިލްޑްތައް ހިފައިގެން ފުލުހުން ދުވަމުންދަނީ މީހުންތައް ވަނީ ވިއްސިވިހާލިވެފައި އެކި ދިމަދިމާއިން ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަނީ އަދި މީހަކު ހައްޔަރެއް ނުކުރޭ.
02:00އެމްއެމްއޭ ކައިރިން

ނިހާނާއި މަހުލޫފު ފުލުސް އޮފީހަށް ވަޑައިގަންނަވައިފި. އެބޭފުޅުން ވަޑައިގެންނެވީ މައްސަލައެއް ހުށަހަޅުއްވަން. އެެއީ ކޮން މައްސަަލައެއް ކަމެއް ނޭނގޭ. މީހުންތައް އެއްޗެއްހިތައް އުކި ނަމަވެސް މީހުންތައް ފަހަތައް ޖައްސާ މުޒާހަރާ ރޫޅައިލުމަށް މަސައްކަތް ކުރަމުން އެބަދޭ.
01:50އެމްއެމްއޭ ކައިރިން

މުޒަހަޜާ ހޫނުވެ ފުލުހުން ބަހައްޓާފައި ހުރި ރޮޑު ބްލޮކްތައް ވައްޓާލައިފި. ފެންފުޅިތައްވެސް ފުލުހުންނާ ދިމާއަށް އުކަމުންދަނީ،. ސަރަހައްދު ވަނީ ހޫނުވެފައި މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަނީ އެތެރެއަށް ޖެހުމަށް. މުޒާހަރާގެ ބައިވެރިން ބުނަނީ އަބްދުﷲ ގާޒީ ގެ މައްސަލައިގައި ފުލުހުންގެ ލިބައިން ޖަވާބެއް ބޭނުންވާ ކަމަށް އެމީހުން މަސައްކަތް ކުރަނީ ވަދެގަންނަން.
01:41

މުޒާހަރާގައި މާ ބޮޑު ކަމެއް ނުހިނގާ. އަދިވެސް ދަނީ ވާހަކަ ދައްކަމުން.
01:27

މުޒާހަރާ އަދިވެސް ދަނީ ކުރިއަށް. ރައީސް ނަޝީދުގެ އިސްތިއުފާއަށް ދަނީ ގޮވަމުން.
01:09އެމްއެމްއޭ ސަރަހައްދުން

މާދަމާރޭ ބާއްވާ މުޒާހަރާގައި ދިހަ ހާސް މީހުން މުޒާހަރާއަށް ނެރުމަށް އެއްވެ ތިބި މީހުންނަށް ޝެއިޚް އިމްރާން އިލްތިމާސްކޮށްފި. އަދި ކޮންމެ މީހަކު ވެސް 10 މީހުން ގޮވައިގެން މުޒާހަރާގައި ބައިވެރި ވުމަށް ވެސް އިމްރާން ގޮވާލާ.
00:43އެމްއެމްއޭ ސަރަހައްދުން

ފުލުހުންގެ އިސް ވެރިއެއް ކަމަށްވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފައިރޫޒު މަގާމުން މިރޭ އިސްތިއުފާ ދެއްވާފައިވާ ކަމަށް ލޯޔަރު ވައްޑެ ދެންމެ އިއުލާން ކޮށްފި.
00:34

އާދަލާތު ޕާޓީގެ ރައީސް ޝައިހު އިމްރާން ވާހަކަފުޅު ދައްކަވައިފި. އޭނާ ވިދާޅުވީ މި ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށާއި މި ސަރުކާރުގެ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުންނާއި ސިފައިން ބޯ ނުލެނބުމަށް އެކަން އެގޮތަށް ހިނގާނަމަ ރައްޔިތުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފާނެ ކަމަށާއި އެކަން އެގޮތަށް ނުކުރެއްވުމަށް އެނާ އިލްތިމާސް ކުރެއްވެވި
00:23އެމްއެމްއޭ ބިލްޑިންގު ކައިރިން

އަދާލަތު ޕާޓީގެ އިސްވެރިން ވެސް މުޒާހަރާއާ ގުޅިވަޑައިގެންފި، ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އަސަދުﷲ ސާފީވެސް އެބަހުންނެވި އަދި ޑރ. މައުރޫފުވެސް ވަނީ މުޒާހަރާގެތެރެއަށް ވަދެވަޑައިގެންފައި.
00:22އަހުމަދު ތަސްމީން އަލީ: މުޒާހަރާގައި

ރާއްޖޭގައި މިހާރު ހިނގަމުން މިދަނީ ހުތުމުހުތާރު ގޮތަކަށް ވަކި ބަޔެއްގެ އަތް ދަށައް ބާރުތައް ދިނުމަށް ކުރާ މަސައްކަތް ކަމަށް މުޒާހަރާއާ ގުޅި ވަޑައިގެންނެވި ތަސްމީން ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ އެ ގޮތަށް އެކަން ނުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެހެން ނޫނީ ރައްޔިތުން ހޯދި މިނިވަންކަން އަލުން އަބުރާ އިއާދަނުކުރެވޭނެ ގޮތަކަށް ގެއްލިގެން ހިނގައިދާނެ ކަމަށް
00:18

ޑިސެމްބަރު 23 އިއްތިހާދުން ފެބުރުއަރީ 24 ގައި ބާއްވަން ނިންމާފައިވާ "މަހާސިންތާ" އަވަސް ކުރަން ޖެހިދާނެ ކަމަށް ވެސް ބުނެފި.
00:10އެމްއެމްއޭ ބިލްޑިންގު ކައިރިން

ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވެސް މުޒާހަރާއާ ގުޅިވަޑައިގެންފި. އަދި ވާހަކަފުޅެއް ނުދައްކަވާ.
00:02އެމްއެމްއޭ ބިލްޑިންގު ކައިރިން

މުޒާހަރާގެ ބައިވެރިން ބޯނެއް ކޮފީ ގިރައިގެން އެ ސަރަހައްދަށް ގެނެސްފި. ވަރަށް ގިނަ ބަޔަކު މިހާރު ކޮފީއަށް އިންސާފުކުރަމުންދަނީ. ފުލުހުންގެ ފައުޖުތައް ވެސް ކައިރީގައި ފާރައަށް އެބަތިބި.
23:56އެމްއެމްއޭ ބިލްޑިން ކައިރިން

އަބްދުﷲ ގާޒީ މިނިވަން ކުރުމުން ނޫނީ މުޒާހަރާ ހުއްޓާލާފައި ނުދާނެ ކަމަށް މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲގެ އަޑު ދަށުން މުޒާހަރާގެ ބައިވެރިން ހުވައެއް ކޮށްފި. އަދި ތަކުބީރުތައް ކިޔުމަށް ފަހު މިވަގުތު ތިބީ އިށީންދެގެން ފުލުހުން ވެސް ކައިރީގައި އެބަތިބި. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ
23:46އަބްދުﷲ ގާޒީއާ ބެހޭ ގޮތުން އެމްއެންޑީއެފުން ނެރުނު އެނައުންސް މަންޓް

މިރޭ 9:15 ހާއިރު، މ.ލިންކުހައުސްއަށް އެމްއެންޑީއެފްގެ ޓީމެއް ވަނީ ޒިޔާރާތްކޮށްފައެވެ. އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައިވާ ކްރިމިނަލް ކޯޓުގެ އިސް ޣާޒީ މ.ލިންކުހައުސް ޢަބްދުﷲ މުޙައްމަދަށް، އާއިލާގެ ފަރާތުން ފޮނުވަން ބޭނުންވާ ތަކެތި ފޮނުވުމުގެ ފުރުޞަތު އޮތްކަން އެންގުމުގެ އިތުރުން، ޢަބްދުﷲ މުޙައްމަދު ކ.ގިރިފުށީގައި ހެޔޮ ޙާލުގައި ހުންނެވިކަން ޢަބްދުﷲ މުޙައްމަދުގެ އަނބިކަނބަލުންނަށް މިޓީމުން ވަނީ ދަންނަވާފައެވެ. އަދި ޢަބްދުﷲ މުޙައްމަދު ކ.ގިރިފުއްޓަށް ގެންދެވުނު ދުވަހުވެސް ފޯނުކުރުމުގެ ފުރުޞަތު ދިނުމުން ފޯނުކޮށްފައިވެއެވެ. އެގޮތުން މިރޭވެސް ޢަބްދުﷲ މުޙައްމަދާ ފޯނުން ވާހަކަ ދެއްކުމުގެ ފުރުޞަތު އަނބިކަނބަލުންނަށް ތަނަވަސްކޮށްދެވުނެވެ. ނަމަވެސް ޢަބްދުﷲ މުޙައްމަދު ފޯނުން ވާހަކަދެއްކެވުމަށް ބޭނުންފުޅު ނުވިއެވެ. އަދި އެކަން އަނބިކަނބަލުންނަށް ވާނީ ދެންނެވިފައެވެ. އާއިލާގެ ފަރާތުން ޢަބްދުﷲ މުޙައްމަދަށް ފޮނުވަން ބޭނުންވާތަކެތި ވަނީ އެމްއެންޑީއެފްގެ ޓީމާ ޙަވާލުކޮށްފައެވެ. އަދި ޢަބްދުﷲ މުޙައްމަދަށް މިރޭގެ ވަގުތެއްގައި އެތަކެތި ހަވާލުކުރެވޭނެއެވެ.
23:42އެމްއެމްއޭ ބިލްޑިންގް ކައިރިން

ފުލުހުން މުޒާހަރާގެ ކަންތައްތަކުގައި އަމަލު ކުރަމުންދާ ގޮތް ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ އޮބުޒާވަރުން މިވަގުތު ވެސް ހަރަކާތްތެރިވަމުން އެބަދޭ. ބައެއް ބޭފުޅުން ތިއްބެވީ ފުލުސް ކޯޑަންގެ ތެރޭގައި.
23:40ގައުމީ ޕާޓީގެ ޑެޕިއުޓީ ލީޑަރު މަތީން: ދިޓީވީގައި

ފެހި ގާނޫނު އަސާސީއެއް ރާއްޖޭގައި މިހާރަކުނެތް. ޑރ. ޖަމީލް އާ މެދު ސަރުކާރުން ދައުވާ ކުރަން މަސައްކަތް ކުރަނީ މީގެ އަހަރުތަކެއް ކުރިން ސައްދާނު އަހަންމައިދީ އާ ދެކޮޅަށްވެސް އޭރުގެ ސަރުކާރުން ދައުވާ އުފުލި ގޮތަށް. ރައީސް ނަޝީދު އުޅުއްވަނީ ސާޅީހަކަށް އަހަރު ފަހަތުގައި
23:32

ރޮޒައިނާ އާއި ނާޝިޒް އަދި ރިޔާޒް ރަޝީދު ވެސް މުޒާހަރާއާ ބައިވެރިވެއްޖެ. މިވަގުތު ވާހަކަފުޅު ދައްކަވަނީ ރޮޒައިނާ، މުޒާހަރާގައި އިތުރު މުހިންމު ކަމެއް ކަމެއް ނުހިނގާ
23:28މެންބަރު އަބްދު ރަހީމް: ދިޓީވީގައި

ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި. އެ މައްސަލަ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ މާދަމާގެ ބައްދަލުވުމަށް ވައްދާ މަޝްވަރާ ކުރާނެ ކަމައްވެސް އޭނާ ވިދާޅުވި.
23:26ޖުމްހޫރީ މައިދާން ސަރަހައްދުން

މުޒާހަރާތެރެއަށް ކުލަ ހެދުމުގައި ތިބި އެމްއެންޑީއެފްގެ ސިފައިންތަކެއް ވަދެ އުޅޭ ކަމަށް މާޒް ސަލީމް ވިދާޅުވަމުން އެބަގެންދަވާ.
23:18

ސިފައިން ހައްޔަރުކޮށްފައިވާ އަބްދުﷲ ގާޒީއާ ބެހޭ ރަސްމީ މައުލޫމާތު ކުޑައިރުކޮޅެއްގެ ތެރޭގައި މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށް ގައުމީ ދިފާއީބާރުގެ ސްޕޯކްސް ޕާސަން ކާނަލް އަބްދުއް ރަހީމް ދާދި ދެންމެއަކު ވިދާޅުވެއްޖެ.
23:14

ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކޮށް ބަހައްޓާފައި ވަނީ ކ. ގިރިފުށީގައި ކަމާއި މިރޭ އެމަނިކުފާނުގެ އަންނައުނު ސިފައިން ގެންދިޔަކަން ސަން އޮންލައިންށް ކަށަވަރުވެފައި ވިޔަސް އެމަނިކުފާނުގެ ލޯޔަރު ރިޒާ ވިދާޅުވީ އޭނާއަށް އެއްވެސް ދިމާއަކުން އެއްވެސް ހަބަރެއް ސާފު ނުވާ ކަމަށް.
23:08

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ފަހު ސިފައިން އެމަނިކުފާނު ގެންގޮސްފައި ވަނީ ގިރިފުއްޓަށް ކަމަށް އާއިލާއަށް އަންވަނީ މިރޭ އަންގާފައި. އެމަނިކުފާނުގެ އަންނައުނު ބަލައި މިރޭ ވަނީ ސިފައިން އަބްދުﷲ ގާޒީ އުޅުއްވާގެ، ލިންކް ހައުސް އަށް ވެސް ގޮސްފައި.
23:04އެމްއެމްއޭ ބިލްޑިންގު ކައިރިން

ުމުޒާހަރާގައި އިތުރު ކަމެއް ނުހިނގާ. އެމްއެމްއޭ ބިލްޑިންގު ކައިރިއަށް އެއްވެފައިވާ މީހުން ހަރު އަޑުުން މިހާރު ވެސް ގޮވަމުން ދަނީ ޑރ. ޖަމީލާއި އަބްދުﷲ ގާޒީ ދޫކޮށްލުމަށް.
22:41އެމްއެމްއޭ ސަރަހައްދުން

ދާދިދެންމެއަކު މުޒާހަރާއާ ގުޅި ވަޑައިގެންނެވި ސަންދާން އަހަންމައިދީ މުޒާހަރާގައި ވާހަކަފުޅު ދައްކަވަނީ. އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ގާނޫނު އަސީސީއެއް ނެތް ކަމަށާއި ގާނޫނު އަސާސީ އުވިގެން ގޮސްފައިވާ ކަމަށް.
22:40

ގައުމީ ދިފާއީ ބާރުގެ ސިފައިން އަބްދުﷲ ގާޒީގެ ގެއަށް ގޮސް އެމަނިކުފާނުގެ އަންނައުނުގެ ދާދިދެންމެއަކު ގެންގޮސްފި ކަމަށް މައުލޫމާތުތައް ލިބެމުން އެބަދޭ
22:33އެމްޑީޕީ މައިހަރުގެއިން

އަބްދުﷲ ގާޒީގެ ފޯނުގައި މައްސަލަތަކުގައި ހުކުމް ކުރަންވީ ގޮތް ބުނެދީފައިވާ އެސްއެމްއެސްތައް ހުރި ކަމަށް ތިމަަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ އެމްޑީޕީގެ ހަރުގޭގައި ދެންމެއަކު ވިދާޅުވެއްޖެ. އަދިވެސް ވާހަކަފުޅު ދައްކަވަނީ މުސްތޮފާ.
22:26

ޑރ. ޖަމީލާއި އަބްދުﷲ ގާޒީގެ މައްސަލައިގައި ކޯޓަށް ވަޑައިގަންނަވަން ދެކޮޅު ހެއްދެވުމުގެ ސަބަބުން ފުލުހުންގެ ލީގަލް ޓީމްގެ ބައެއް ބޭފުޅުން ގެއަށް ފޮނުވާލެއްވި ކަމުގެ ހަބަރު މުޒާހަރާގެ ތެރޭގައި ފެތުރެމުން އެބަދޭ. އޭގެ ތަފުސީލެއް އަދި ފުލުހުންގެ ފަރާތުން ސާފެއް ނުވޭ.
22:21

މަޖިލީހުގެ ޑީއާރްޕީ މެންބަރު ހުސައިން މުހައްމަދާއި ޕީޕީއެމްގެ ނިހާން ވެސް މުޒާހަރާއާ ގުޅިވަޑައިގެންފި. މުޒާހަރާ މަޑުމަޑުން ހަލަބޮލިވަމުން އެބަދޭ. މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އިންޒާރު ވެސް ދޭން ފަށައިފި.
22:13އެމްޑީޕީ މައި ހަރުގެއިން

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ކްރިމިނަލް ކޯޓަށް އަލުން ވަޑައިގެން މައްސަލަތައް ބައްލަވާ ހުކުމްތައް ކުރެއްވުމުގެ ފުރުސަތު ދެން ނުދެއްވާނެ ކަމަށް އެމްޑީޕީ ހަރުގޭގައި މެންބަރު ޝިފާޒު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ އެކަން މިހާރު ވަނީ މުޅިން ޔަގީން ވެފައި ކަމަށް.
22:08ކްރިމިނަލް ކޯޓުން

ޑރ. ޖަމީލު ހައްޔަރު ކުރި މައްސަލަ ކޯޓަށް ހުށަހެޅުމުން މާދަމާ ކޯޓަށް ހާޒިރު ކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފި. ޑރ. ޖަމީލް ހާޒިރު ކުރަނީ މާދަމާ 10:00 ޖަހާއިރަށް.
22:05އެމްއެމްއޭ ބިލްޑިންގު ކައިރިން

ރޭގެ މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތުން ފުލުހުން ތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މުޒާހަރާގައި މާޒް ސަލީމް ބުނަމުން އެބަދޭ. އަދި މަހުލުފު ދެނެމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރު ނިމުމަކަށް ގެނައުމަށް އެންމެން މުޒާހަރާގައި ބާއިވެރިވުމަށް.
21:58އެމްއެމްއޭ ކައިރިން

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މުޒާހަރާއާ ބައިވެރިވެ މުޒާހަރާ ލީޑު ކުރަން ފަށައިފި. އަދިވެސް ފުލުހުން ދަނީ ފުލުހުން އަންގާ ގޮތެއްގެމަތިން ސުލްހަވެރިކަމާއެކު ތިބުމަށް އިރުޝާދު ދެމުން
21:55ވީޓީވީން: ޑރ. ހަސަން ސައީދު

ޑރ. ޖަމީލު ކޮންމެ ދުވަހަކު ހައްޔަރު ކުރައްވަމުން ދިއުމާ ގުޅިގެން ގިނަ ބަދަލުތަކެއް ހޯދުމަށް ގިނަ ދައުވާތަކެއް ތައްޔާރު ކުރައްވަމުން ގެންދަވާ ކަމަށް ޑރ. ހަސަން ސައީދު ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެއްޖެ
21:52

ފުލުހުން އިންޒާރު ދޭންފަށައި ޝީލްޑްތަކާއެކު ކުރިއަރަން ފަށައިފި. ފުލުހުންގެ އިންޒާރުގައި ބުނަންނީ ފުލުހުންގެ ފްރޮންޓްލައިނާ ދުރަށް ދިއުމަށާއި މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް އެއްވެސް މީހަކު ނުކުރުމަށް. އަދި ބައެއް ދިމަދިމާއިން މީހުން ދުރައްޖައްސަން ވެސް ފަށައިފި.
21:46

ޑރ. ޖަމީލް ދޫނިދޫއަށް ގެންދިއުމާއެކު މުޒާހަރާގެ ފޯރި ގަަދަވެއްޖެ. އަދި މިވަގުތު މުޒާހަރާ ލީޑް ކުރުމުގައި އިސްކޮށް އުޅުއްވަނީ މަދަނީ އިއްތިހާދުގެ އަބްދުﷲ މުހައްމަދު. ފުލުހުންގެ ބައެއް ކޯޑަން ވެސް ދެންމެ ވަނީ އެއްލާފައި. ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި
21:43އެމްއެމްއޭ ކައިރިން

މުޒާހަރާ މަޑުމަޑުން ހޫނުވާން ފަށައިފި. މުޒާހަރާ ހިނގަމުންދާއިރު ހިއުމަންރައިޓްސް ކޮމިޝަންގެ އޮފިޝަލުން ވެސް މުޒާހަރާ އޮބްޒާވް ކުރަމުން އެބަގެންދަވާ. މުޒާހަރާގައި މިވަގުތު ބައިވެރިވެ ވަޑައިގަންނަވާ ހަމައެކަނި މަޖިލީހުގެ މެންބަރަކީ ކުރެންދޫ ދާއިރާގެ އަހުމަދު މޫސާ.
21:39ފުލުސް އޮފީސް ކައިރިން

ޑރ. ޖަމީލްގެ ވަކީލުންގެ ޓީމުގައި ހިމިނި ވަޑައިގަންނަވާ ވަކީލުންގެ ތެރެއިން ޑރ. ހަސަން ސައީދާއި ޑރ. ޖަމީލްގެ ބޭބެ ނާސިރު ވެސް ޖަމީލާއެކު އެކު ދޫނިދޫ އަށް ވަޑައިގެންނެވި. މީގެ ކުރިން ވަނީ ވަކީލުންނަށް ފުރުސަތު ނުދެއްވާފައި.
21:29ގައުމީ ސަލާމަތުގެ ކޮމެޓީ

ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަ ބާތިލުކޮށް ކޮމެޓީ ނިންމާލައިފި. ކޮމެޓީ ނިންމާލެއްވީ ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވެވި މެންބަރުންގެ ތެރެއިން އަހުމަދު މަހުލޫފު ކޮމެޓީއަށް ހުރަސް އެޅުއްވެވި ކަމަށް ނިންމެވުމަށްފަހު. އޭގެ ކުރިން ވަނީ ކޮމެޓީ ހޫނުވެ ކުރިޔަށް ނުގެންދެވިގެން ދެފަހަރަށް ކޮމެޓީ މެދު ކަނޑާލައްވާފައި.

21:28

ޑރ. ޖަމީލު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފި. ޑރ. ޖަމީލުގެ ވަކީލު ހަސަން ސައީދު ވިދާޅުވީ މިރޭ ޑރ. ޖަމީލު ހައްޔަރު ކުރެއްވެވީ ދައުލަަތާ އިދިކޮޅު ވާހަކަ ދެއްކުމުގެ ތުހުމަތާއޮ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ވާހަކަތައް ދައްކާ ޝާއިއުކޮށްފައިވާތީ ކަމަށް.

21:17 ގާނޫނާ ހިލާފަށް ދިވެހި ސިފައިން ހައްޔަރުކޮށްފައިވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިރޭ މިނިވަން ކުރާނެ ކަމަށް ސަރުކާރުގެ އޮފިޝަލަކު ދެންމެ ވިދާޅުވެއްޖެ އެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް، ސަރުކާރުގެ އޮފިޝަލަކު ދެންމެ ވިދާޅުވީ މާ ގިނަ އިރުތަކެއް ނުވެ، އިސް ގާޒީ އޭނާގެ އާއިލާއާ ހަވާލު ކުރައްވާނެ ކަމަށް.

20:58 އެމްޑީޕީ ހަރުގެ:
ޕީޖީ މުއިއްޒު މަގާމުން ވަކި ކުރުމަށް ހުށަހަޅާ ޕެޓިޝަނުގައި ސޮއިކުރމުން އެބަދޭ. އަދި ކުރީގެ ރައީސް މައުމޫނަށްދޭ އިނާޔާތްތައް ކަނޑާލުމާބެހޭ ގަރާރެއް މަޖިލީހަށް ހުށަހަޅަން ތައްޔާރު ކުރާ ކަމަށް ވެސް ވަނީ ބުނެފައި.

20:58 މުޒާހަރާ ފަށައި، މުޒާހަރާ ކުރާ މީހުން އެމްއެމްއޭ ސަރަހައްދުގައި ތިބި ރައީސް ނަޝީދާއި ފަސީހުގެ އިސްތިއުފާއަށް ގޮވާން ފަށައިފި. ފުލުހުން ވެސް ވެހިކަލްތައް ނެރެ ތައްޔާރީ ހާލަތުގައި އެބަތިބި.

20:55 އުއްތަމަ ފަނޑިޔާރު މިރޭ ނެރުއްވެވި ބަޔާން:
އެ ބަޔާން ބުނަނީ ދައުލަތުގެ ގުނަންތަކުގެ ޒިންމާތާކާއި ވާޖިބުތައް އަދާކުރުމުގައި ދުސްތޫރީ ހަމަތަކަށާއި ގާނޫނީ ބާރުތައް ނެގެހެއްޓުމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އިލްތިމާސް ކުރައްވާ ކަމަށް.
އެ މަނިކުފާނު ސޮއި ކުރައްވައި މިރޭ މީޑިއާޔަށް ފޮނުއްވި ބަޔާނެއްގައި ބުނަނީ ދައުލަތުގެ ބާރުތައް ވަކިކޮށް އެ ގުނަންތަކަށް ޒިންމާތަކާއި މަސްއޫލިއްޔަތުތަށް ހަވާލުކޮށްފައި ވަނީ ގައުމުގެ ހަމަޖެހުމާއި ގާނޫނޫ އަސާސީ އާއި ދުސްތޫރީ ނިޒާމް ރައްކާތެރިކޮށް ރައްޔިތުންގެ މިނިވަން ކަން ހިމާޔަތްކޮށް ދިނުމަށް ކަމަށާއި އެންމެހާ މުއައްސަސާ ތަކުން ވެސް އަމަލުކުރަން ޖެހޭނީ ދުސްތޫރީ އަދި ގާނޫނީ އިމުގެ ތެރޭގައި ކަމަށް.

20:53 ގައުމީ ސަލާމަތުގެ ކޮމެޓީ:
ކޮމެޓީ މެދު ކަނޑާލައިފި. މެދު ކަނޑައިލީ "އިތްޒަތްތެރި" އެލަފުޒު ބޭނުން ނުކުރުމުން އެމައްސަލަ ޖެހި، އެއީ ކޮމެޓީތަކުގައި ކިޔަން ޖެހޭ އެއްޗެއްތޯ ބެލުމަށް.

20:48 ޑރ. ޖަމީލު ހައްޔަރު ކުރުމާއެކު ޖުމްހޫރީ މައިދާ ސަރަހައްދުގައި ތިބި އެންމެ ފަހަތަށް ޖައްސައި ފުލުހުން ފޮނުވާލަން ފަށައިފި. މައިދާނުގެ ބެންޗްތަކުގައި ތިބި މީހުން ވެސް ފޮނުވާލަން ފަށައިފި.

20:43 ގައުމީ ސަލާމަތުގެ ކޮމެޓީ:
ކޮމެޓީގައި މަހުލޫފު ރީކޯ މޫސައަށް "ރައްޔިތުންގެ ކޯޓްގެ ފަނޑިޔާރ" ގެ ނަމުން ނިސްބަތް ކުރުމުން ކޮމެޓީ ހޫނުވެއްޖެ.

20:43 ޑރ. ޖަމީލު ދާދި ދެންމެއަކު ހައްޔަރުކޮށްފި

20:43 ޑރ. ޖަމީލު ފުލުހަށް ހާޒުވެ ނޫސްވެރިންނާ މުހާބަތު ކޮށް ވިދާޅުވީ މިއީ ވަކި މީހެއްގެ ކަމަކަށް ނުބެލުމަށާއި މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކެ ހުރިހާ ރައްޔިތުން ވެސް އެކަމާ ދެކޮޅަށް ނުކުތުމަށް.

20:41 ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމެއް މަޖިލީހުގައި ފަށައިފި.

ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފުލުހުން ބަންދު ކޮށްފައިވަނީ ގާނޫނީ އަސާސީއާ ހިލާފަށް ކަމަށް ކަނޑަ އަޅައި އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ރޭ އަމުރު ކުރުމުން ދޫކޮށްލާފައި ވަނިކޮށް މިއަދު ފުލުހުން ފޮނުވިޗިޓަށް މިރޭވެސް ޑރ. ޖަމީލު ފުލުހަށް ހާޒިރުވެއްޖެ އެވެ.