18 Jan 2012, 19:51
ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު ހަސަން ހަނީފު މިއަދު ވިދާޅުވީ އަލީ ސޯލިހު މިއަދު ހަވީރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލޭގެ މަގުތައްމަތީގައި އިންދާފައި ހުރި ގަސަތަކަކަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ކަމަށެވެ.
ނަމަވެސް އެއީ ކޮން ގަހަކަށް ދިން ގެއްލުމެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އަލީ ސޯލިހު އަތޮޅުވެހީގައި ހުންނަވައިގެން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ އަތޮޅު ވެއްސަށް ހާޒިރުކޮށް، ހައްޔަރުރި ކަން ދެންމެ އެންގި ކަމަށާއި ހައްޔަރު ކުރީ "ސަރުކާރުގެ މުދަލަށް ގެއްލުން ދިނުމުގެ" ތުހުމަތުގައި ކަމަށެވެ.