މާލޭގައި މިއަދު ހިންގި ގްރޫޕް މާރާމާރީއެއްގައި ދެ މީހެއްގެ ބޯ ފަޅާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު 7:55 އެހައިކަންހާއިރު މަޖީދީމަގު ލެ ޓްރެފިކް ކެފޭ ކައިރީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީގައި ދެ މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި މީހުން އައިޖީއެމްއެޗަށް ގޮސް ފަރުވާ ހޯދާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އެމީހުންނަށް ވެފައި ވަނީ ސީރިއަސް ޒަޚަމްތަކެއް ނޫން،" އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.