ޒީ ޓީވީގެ ޑްރާމާ "ކުމް ކުމް ބަގްޔާ"ގައި މާމަގެ ރޯލު ކުޅުނު ޓީވީ އެކްޓަރު ޒަރީނާ ރޯޝަން ޚާން މަރުވެއްޖެ އެވެ.

މަޝްހޫރު އެކްޓަރު ޒަރީނާ މަރުވީ އުމުރުން 54 އަހަރު ހާޓްއެޓޭކެއްޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. ޒަރީނާ މަރުވިއިރު އޭނާއާ އެކު ކުމް ކުމް ބަގްޔާގައި މަސައްކަތްކުރި ތަރިންނާއި އޭނާގެ ފޭނުން އަންނަނީ ޒަރީނާ މަރުވުމާ ގުޅިގެން ހިތާމަފާޅުކުރަމުންނެވެ.

ޒަރީނާ އާ އެކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ހިއްސާކުރަމުން އެ ޑްރާމާގެ ތަރިއަކު ބުނީ ޒަރީނާ ވަކިވެދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އެ ޚަބަރު އިވިގެންދިޔައިރު އެންމެން ވެސް ތިބީ ޝޮކެއްގައި ކަމަށެވެ.

އާންމުންގެ މެދުގައި މަގްބޫލުކަން ހޯދި ޓީވީ އެކްޓަރު ޒަރީނާ ވަނީ ސްޓާޕްލަސްގެ ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭގައި ވެސް މަސައްކަތްކޮށްފަ އެވެ. އަދި އޭނާ ކުޅުނު ގިނަ ހިންދީ ފިލްމުތަކުގައި އޭނާ ވަނީ މަންމަގެ ރޯލު ކުޅެފަ އެވެ.