18 Jan 2012, 17:17
ފްރާންސް ޗެމްޕިއަން ލިލޭގެ ޒުވާން މިޑްފީލްޑަރު އެޑެން ހެޒާޑް ގެނައުމަށް ވެސް ޗެލްސީ އިން ބޮޑު ހަރަދެއް ކުރާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.
ބޮލްޓަން އިން ޗެލްސީ އަށް ގެނައި ކަހިލް ވެސް އެކުލަބާއި ގުޅުނީ ބޮޑު އަގަކަށެވެ. މިސީޒަނުގައި އެކުލަބަށް ގެންނާނެ ކުޅުންތެރިންގެ ލިސްޓުގެ ދެވަނައިގައި އުޅެނީ ހެޒާޑް އެވެ. އެކުލަބަށް ހެޒާޑް ގެނެވިއްޖެ ނަމަ، އެކުލަބުގެ މެދުތެރެއަށް ބޮޑު މުއްސަނދި ކަމެއް ލިބިގެންދާނެ އެވެ.
އުމުރުން ވިހި އަހަރުގެ ބެލްޖިއަމް ފޯވާޑް ހެޒާޑް ހޯދުމަށް ޔޫރަޕުގެ ބޮޑު ކުލަބުތަކަކުން މަސައްކަތް ކުރަމުންދެ އެވެ.
އެގޮތުން ޖަރުމަނުގެ ބެޔާން މިއުނިކާއި، އިޓަލީގެ އިންޓަމިލާނާއި، އިނގިރޭސި ވިލާތުގެ އާސެނަލްގެ އިތުރުން ޗެލްސީ އިން ވެސް ހެޒާޑް ހޯދުމަށް މަސައްކަތް ކުރަމުންދެ އެވެ. މިކުލަބުތަކުން ހެޒާޑް ދިއުން އެންމެ ގާތީ ޗެލްސީ އަށް ކަމަށް ލިލޭގެ އެކެޑަމީ ޑިރެކްޓަރު ޖީން މިޝެލް ވެންޑޭމް ދާދި ފަހުން ބުނެފައިވެ އެވެ.
ލިލޭ އާއި އެކު އާ ކޮންޓްރެކްޓެއްގައި ހެޒާޑް ސޮއިކުރީ މިއަހަރުގެ ކުރީކޮޅެވެ. މި ކޮންޓްރެކްޓްގައިވާ ގޮތުން ލިލޭ އަށް ހެޒާޑް ކުޅޭނީ 2015 ވަނަ އަހަރާއި ހަމައަށެވެ. ނަމަވެސް ހެޒާޑް މިހާރު ހުރީ އެކުލަބުން ވަކިވެ ބޮޑު ކުލަބަކަށް ބަދަލުވުމަށް ތައްޔާރަށެވެ.
މިސީޒަނުގައި ހެޒާޑް ވަނީ ލިލޭ އަށް ކުޅުނު ބާރަ މެޗުން ހަތަރު ލަނޑު ކާމިޔާބު ކޮށް، ހަތަރު ލަނޑު ކާމިޔާބު ކޮށްދިނުމަށް އެހީތެރިވެ ދީފަ އެވެ.