މިސްރުގެ ބްލޮގަރު ޝާދީ އަބޫ ޒައިދު އެންމެ ފަހުން ޖަލުން ދޫކޮށްލައިފި އެވެ.

އޭނާ ދޫކޮށްލީ ދެ އަހަރު ވަންދެން ޖަލުގައި ބެެހެއްޓުމަށްފަހު އެވެ.

ޝާދީ ހައްޔަރުކުރީ ދޮގުމައުލޫމާތު ފެތުރުމާއި ޓެރެރިސްޓް ޖަމާއަތަކާ ގުޅުން އޮންނަކަމަށް ބުނެ 2018 ވަނަ އަހަރު އެވެ.

ޝާދީ އާންމުކޮށް ލިޔެ އުޅުނީ ދީނާއި ޖިންސީ ކަންކަމުގައި އާއިލާއިން ދެކޭގޮތްތަކާ ގުޅޭ ގޮތުންނެވެ.

ޝާދީ ދިޔައީ އެކި ކޮންޓެންޓް ފޭސްބުކާއި ޔޫޓިއުބްގައި 2015 އިން ފެށިގެން އަޕްލޯޑްކުރަމުންނެވެ.

މިސްރުގައި އިންތިހާބުކުރި ފުރަތަމަ ޑިމޮކްރެޓިކް ލީޑަރު މުހައްމަދު މުރުސީގެ ވެރިކަން ބަޣާވަތަކުން 2013 ވަނަ އަހަރު އެގައުމުގެ މިހާރުގެ ލީޑަރު އަބްދުލް ފައްތާހު އަލް ސީސީ ވައްޓާލުމަށް ފަހު ދަނީ ހިޔާލު ފާޅުކޮށް އުޅޭ އެތައް ބަޔަކު ހައްޔަރުކުރަމުންނެވެ. އެ މައްސަަލައިގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ޝާދީ ދޫކޮށްލިޔަސް އަދިވެސް އޭނާ ފުލުހުންގެ އިދާރާއަށް ގަވައިދުން ހާޒިރުވާން ޖެހެެއެވެ.-- ބީބީސީ--