މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 24 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 24 މީހުން ޕޮޒިޓިވްވެފައި ވަނީ 1572 ސާމްޕަލުންނެވެ.

ޕޮޒިޓިވްވި 24 މީހުން ފެނިފައިވަނީ މާލެ އިންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ވަގުތު ކޮވިޑްގެ އެކްޓިވް ކޭސް ހުރީ 1138 ގަ އެވެ. އޭގެ ތެރެއިން 43 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގަ އެވެ.

މިއަދު ވަނީ ކޮވިޑް ޖެހިގެން ރާއްޖޭ 67 އަހަރުގެ މީހަކު މަރުވެސް ވެފަ އެވެ.

އެޗްޕީއޭއިން ބުނީ ގޮތުގައި އެ މީހާ މަރުވީ ހުޅުމާލޭ ކޮވިޑް-19 ފެސިލީޓީގައި ފަަރުވާދެމުން ދަނިކޮށެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި 36 ވަނަ މީހާ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 11،178 އެވެ. އޭގެ ތެރެއިން 10،097 މީހަކު ވަނީ އެބަލިން ރަނގަޅުވެފަ އެވެ.