ކޮވިޑް-19 ޖެހިގެން އުމުރުން 67 އަހަރުގެ ދިވެއްސަކު މިއަދު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި އެ މީހާ މަރުވީ ހުޅުމާލޭ ކޮވިޑް-19 ފެސިލީޓީގައި ފަަރުވާދެމުން ދަނިކޮށެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި 36 ވަނަ މީހާ އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި މިވަގުތު ރާއްޖޭގައި 1،117 މީހުން ކޮވިޑް-19 ޖެހިފައި އެބަ ތިއްބެވެ. އޭގެ ތެރެއިން 49 މީހަކަށް ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 11،154 އެވެ.