16 Oct 2020, 07:04
ވޯސޯ (އޮކްޓޯބަރު 16): ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭ އިނގިރޭސިވިލާތުން ޕޮލެންޑަށް ވައްޓާލި ބޮމެއް، 75 އަހަރު ފަހުން އެ ގައުމުގެ ކެނަލެއްގައި ގޮވައިފި އެވެ.
ޕޮލެންޑުގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭ ބޭނުން ކުރި "ޓޯލްބޯއި ބޮމެއް" އެގައުމުގެ ޝިޕިން ކެނަލަކުން ފެނުމުން، އެ ބޮން ނުގޮވާ ގޮތް ހެދުމުގެ އޮޕަރޭޝަނެއް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އެ ކެނަލާ ކައިރީ ދިރިއުޅޭ 750އަށް ވުރެ ގިނަ މީހުން އެ މަސައްކަތާ ދިމާކޮށް އެހެން ސަރަހައްދުތަކަށް ބަދަލު ކުރި އެވެ.
ޕޮލެންޑުން ބުނި ގޮތުގައި އެ ބޮމަކީ 1945 ވަނަ އަހަރު އިނގިރޭސި ރޯޔަލް އެއާ ފޯސް (އާރުއޭއެފް)އިން އެ ކެނަލުގައި އޮތް ޖަރުމަނުގެ ހަނގުރާމަ މަތީ ބޯޓަކަށް ދިން ހަމަލާއެއްގައި ވައްޓާލި ބޮމެކެވެ. ނަމަވެސް ގާތްގަނޑަކަށް 5،400 ކިލޯގެ އެ ބޮން ނުގޮވީ އެވެ. އަދި އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭ ބޭނުން ކުރުމުން ނުގޮވާ އޮތްވާ ޕޮލެންޑުން ފެނުނު އެންމެ ބޮޑު ބޮމެވެ.