16 Oct 2020, 00:01
ސިމްބޮލިކް ރިކޯޑްސް އަށް އަމާޒުވާގޮތަށް ބޮޑެތި ތުހުމަތުތަކަކާއެކު، މެގަޒިން އެއްގައި ޝާއިއުކުރި ލިޔުމަކަށް ބާރުލިބޭ ގޮތަށް ރާއްޖޭގެ މިއުޒިކް ސްޓްރީމިން ސާވިސް ކަމަށްވާ ލަވަފޮށިން ވާހަކަދައްކާފައިވާ މައްސަލައިފައި މައާފަށް އެދުމަށް ސިމްބޮލިކް އުން އެދިއްޖެއެވެ.
ސިމްބޮލިކް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިމްބޮލިކް އަށް އަމާޒުވާގޮތަށް ބޮޑެތި ތުހުމަތުތަކަކާއެކު، އެއްވެސް ހެއްކެއް ނެތި ވާހަކަތަކެއް ލިޔެފައި ވަނީ، ލަވަފޮށްޓާއެކު ހެޔޮ ނިޔަތުގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
އަދި އެ ލިޔުމުގައި ކޮށްފައިވާ ދޮގު ތުހުމަތުތަކަށް ބާރުލިބޭގޮތަށް ލަވަފޮށިން ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ.
އެހެންކަމުން އެ ލިޔުމުގައި ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ބަޔާންކޮށް، ލިޔުމުގައިވާ ދޮގު ތުހުމަތުތަކަށް ބާރުލިބޭ ގޮތަށް ލަވަފޮށިން ވެސް ވާހަކަދައްކާފައި ވާތީ މިރޭ 12:00 ގެ ކުރިން އެކަމަށް ލަވަފޮށިން އާންމުކޮށް މައާފަށް އެދުމަށް ސިމްބޮލިކް އިން ވަނީ އެދިފައެވެ.
އަދި އެއްވެސް ސަބަބަކާ ހެދި އެގޮތަށް އަމަލު ކުރެވެން ނެތް ކަމަށްވާނަމަ، މާދަމާ މެންދުރު 12:00 ގެ ކުރިން ސިމްބޮލިކް ރެކޯޑްސް ހުރިހާ އުފެއްދުމެއް ލަވަފޮށިން ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.
ދިވެހިންގެ ހިތްތަކުގައި ވެރިކަން ކުރަމުން ދިޔަ އަލީ ރަމީޒް އަކީ ލަވަފޮށިގެ އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފަންނާނުގެ ގޮތުގައި އެތައް ދުވަހެއް ވަންދެއް އޮތެވެ. ނަމަވެސް ސިމްބޮލިކްގެ އާޓިސްޓުން ވަނީ އެ މަގާމު ހޯދާފައެވެ.
މިއަހަރު ލަވަފޮށި ޗާޓުތަކުގައި ވެރިކަން ކުރަމުން ދަނީ ގިނައިން ދިވެހި ރެޕް ލަވަތައް ކަން ގަދަ 50 ހުގެ ލިސްޓުން ހާމަވެގެން ދެއެވެ.
ނަމަވެސް މިއަދު "ދޯ" މެގަޒިންގައި ޝާއިއުކުރި ލިޔުމެއްގައި ތުހުމަތުކޮށްފައި ވަނީ، ސިމްބޮލިކް އިން އަލީ ރަމީޒު ފަހަތަށް ޖައްސާލީ މަކަރު ހަދައިގެން ކަމަށެވެ.