ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމް ދެމުން އަންނަ އިމާދުއްދީން ސުކޫލްގެ އާންމު ކްލާސްތަކުގައި މިއަހަރު ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބައިވެރި ކުރަން ފާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

އިމާދުއްދީން ސްކޫލްގެ ސްޕްޝަލް އެޑިއުކޭޝަން ނީޑްސް ކްލާސް ގެ ލީޑިން ޓީޗަރު ފައުޒިއްޔާ މަހުމޫދު ވިދާޅުވީ މިއަހަރު އެ ސްކޫލުން ހާއްސަ ތައުލީމް ހޯދަމުން އަންނަ ދަރިވަރުން ސްކޫލްގެ އާއްމު ކްލާސްތަކުގައި ކޮންމެވެސް އެއް މާދާއެއް ކިޔަވާނެ ކަމަށެވެ.

ނަވާރަ ޓީޗަރުންނާއެކު އިމާދުއްދީނުގެ ގައި ހާއްސަ އެހީއަށް ބޭނުންވާ 56 ދަރިވަރަކު ކިޔަވަ އެވެ.

"މިއަހަރު އަޅުނގަޑުމެން ކުދިން ގްރޭޑް ދޭކުން ފެށިގެން ފަހެއްގެ ގްރޭޑްތަކުގަ އާއި ގްރޭޑް ނުވައެއްގައި މަދުވެގެން ކޮންމެވެސް އެއް މާދާއެއް [ހާއްސަ އެހީއަށް ބޭނުންވާ ކުދިން] ކިޔަވާނެ. ސިކުނޑީގެ އުނިކަން އެންމެ ބޮޑަށް ހުންނަ ދަރިވަރުން ވެސް ޕީއޭ ނުވަތަ ޕީއީ ނަމަވެސް ހަދާނެ. އަދި އެ ކުދިން ބަހާލުމުގައި ގާބިލިއްޔަތު ކަމަށާއި 'އޮޑްނެސް' ނާއްނަ ގޮތަށް ބަލާނެ،" ހާއްސަ ތައުލީމް ކިޔަވައިދެއްވާތާ ހަ އަހަރުވެފައިވާ ފައުޒިއްޔާ ވިދާޅުވި އެވެ.

އަދި އޭގެ ތެރެއިން ގްރޭޑް ފަހަކާއި ނުވައެއްގައި ކިޔަވާ ދެ ކުއްޖަކު އާދައިގެ ކުދިން ކިޔަވާ ފަސްމާއްދާ އެ ކުދިންނާ އެއް ކަރިކިއުލަމް އަކުން މިއަހަރު ކިޔަވާނެ ކަމަށް ވެސް ފައުޒިއްޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިނަށް އެހެން ކުދިންނާއެކު ކިޔަވައި ދިނުމަށް، ޓީޗަރުން އަހުލުވެރި ކުރަމުން އަންނަ ކަމަށާއި އެ ކުދިންނަށް ހާއްސަ ލެސަން ޕްލޭންތަކެއް ތައްޔާރު ކުރާނެ ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ 300 އަށްވުރެ ގިނަ ކުދިން ރާއްޖޭގެ 19 ސްކޫލެއްގައި ކިޔަވަ އެވެ. އަދި މީގެ ތެރެއިން ޖަމާލުއްދީނުގައި ކިޔަވާ ދެ ދަރިވަރަކު މިއަހަރު ފުރަތަމަ ފަހަރަށް ކެމްބްރިޖް އޯލެވެލެ އިމް ތިހާނު ހަދަ އެވެ.