05 Jul 2010, 10:28
14:30
ލީކްވެގެން އުޅޭ އޮޑިއޯ ކްލިފްތަކަށް ބަލާލި ނަމަވެސް ސަރުކާރުން ކުރިއަށް ގެންދާ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމްތައް ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސައްކަތް ކުރައްވާފައިވާކަން އެނގިގެން ހިގައްޖެ ކަމަށް ކެބިނެޓުން އިސްތިއުފާ ދެއްވާފައިވާ ހޯމް މިނިސްޓަރ މުހައްމަދު ޝިހާބް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިހާބް ވިދާޅުވީ މިހާރު ފެންމަތިވެގެން އުޅޭ ކަންތައްތަކަށް ބަލާލީމައިވެސް އެއީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ބުނެފައިވާ ކަންތައްތައްކަން އެނގިގެންދާ ކަމަށް. އަދި ޕްރައިވެޓައިޒް ކުރުމަކީ މިސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު މަޖިލީހުގެ ބައެއް މެންބަރުން އެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމީ އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށްވެސް ޝިހާބް ވިދާޅުވި އެވެ.
އިއްޔެ ލީކްވެގެން އުޅޭ އޯޑިއޯ ކްލިޕްތަކުގެ ތެރެއިން އެއް އޯޑިއޯ ކްލިޕްގައި ސަރުކާރުން އެ މަސައްކަތް ނިންމާފައިވާ ގޮތަށް އެ ކަންތައްތައް ކުރިއަށް ނުގެންދިއުމުގެ ގޮތުން އެއްފަހަރާ އެތައް ކަމެއް ކުރުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ މެންބަރަކު ވިދާޅުވެފައިވާ އެ އޯޑިއޯ ކްލިޕް ފެށޭއިރު އެބޭފުޅުން ކުރުމަށް ނިންމާފައިވާ އެކަންތައްތަކާ ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ރުހުމާ އެއްގޮތައް ކަމަށް ނޫން ކަމަށް ވިދާޅުވާ އަޑުއިވެގެން ގޮސްފައިވާ ކަމީ އެކަމާ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށް ވެސް ޝިހާބް ވިދާޅުވި އެވެ.