15 Oct 2020, 09:25
ވިލާ ގޭސްއިން ވިއްކާ ކޮމްޕޮސިޓް ފުޅީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވިލާ ގޭސްގެ ކޮމްޕޮސިޓް ސިލިންޑަރަކީ އަތަށް ލުއި، އަލިފާނުގެ ހާދިސާއެއް ހިނގާ ހާލަތްތަކުގައި ވެސް ގޭސްފުޅި ގޮވުން ފަދަ ހާދިސާ ނުހިނގާ ގޮތަށް ތައްޔާރުކޮށްފައިވާ ރައްކާތެރި ފުޅިއެކެވެ.
އޮކްޓޫބަރު 15އިން ނޮވެމްބަރު 15އަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ވިލާ ގޭސްއަށް އަލަށް ރަޖިސްޓްރީވާ ގޭބިސީތަކަށް ފުޅީގެ އަގު ނުލައި، 200 ރުފިޔާ ދައްކައިގެން ގޭހާއެކު ފުޅި ލިބޭނެ އެވެ.
ހަމައެއާއެކު މި ޕްރޮމޯޝަންގައި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވިލާ ގޭސްއިން ވަނީ ހުޅުވާލާފަ އެވެ.
މި ލަކީޑްރޯއިން އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ހަތަރު މީހަކަށް ދެ ރޭ ހުރުމާއި ކެއުން އަދި ދިއުމުގެ ހަރަދު ލިބޭނެ އެވެ.
ދެވަނައަށް ހޮވޭ ފަރާތަކަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ދެ މީހަކަށް ދެ ރޭ ހުރުމާއި ކެއުން އަދި ދިއުމުގެ ހަރަދު ލިބޭނެ އެވެ.
މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ފެށި މި ޕްރޮމޯޝަންގައި ވިލާ ގޭސްގެވެބްސައިޓްމެދުވެރިކޮށް ރަޖިސްޓްރީކޮށްގެން ނުވަތަ ހޮޓްލައިން ނަންބަރު 7725566 އަށް ގުޅައިގެން ބައިވެރިވެވޭނެ އެވެ.
ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00އިން ހަވީރު 6:00އަށް ހޮޓްލައިން ނަންބަރަށް ގުޅޭނެ އެވެ. އަދި ހުކުރު ދުވަހު ހޮޓްލައިނަށް ގުޅޭނީ މެންދުރުފަހު 3:00އިން ހަވީރު 6:00އާ ހަމައަށެވެ.
މި ޕްރޮމޯޝަންގައި ގޭސްފުޅި ދޫކުރަން ނިންމާފައިވަނީ ވަކި އަދަދަކަށް ވުމުން، ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އަވަހަށް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.