15 Oct 2020, 08:00
ޑާކްރެއިން ސްޓޫޑިއޯ އިން ބެލުންތެރިންނަށް ހާއްސަކޮށްގެން ޔޫޓިއުބް މެދުވެރިކޮށް ނެރޭ ކުރުފިލްމު "އަނގުރު" ޔޫޓިއުބްގައި ރިލީޒްކޮށްފި އެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ހޯދާފައިވާ ކުޅަދާނަ ފިލްމީ ތަރި ހަސަން މަނިކް (ރޯނު ހަސަން) އާއި ބަތަލާ އާމިނަތު ސިލްނާ ފިލްމުން ފެނިގެންދިޔައިރު އަނގުރު އަކީ އަލީ ޝިފާއު (ޗިއްޕެ)ލިޔެ ޑައިރެކްޓްކޮށްގެން ގެނެސްދޭ ފިލްމެކެވެ.
ޝައުގުވެރި ގިނަ ކަންތައްތަކެއް ފިލްމުން ފެނިގެންދިޔައިރު މި ފިލްމު ގެނެސްދީފައި މިވަނީ ޑާކްރެއިންގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ)ގެ އުފަންދުވަހާ ދިމާކޮށެވެ.
ޑާކްރެއިން ޝޯޓްސް މެދުވެރިކޮށް ޔޫޓިއުބްގައި އެންމެ ފުރަތަމަ ރިލީޒްކުރި ފިލްމަކީ "ދައުވަތު"އެވެ. އެ ފިލްމަށް ވެސް އާންމުންގެ ތަރުހީބެއް ލިބިގެންދިޔަ އެވެ.
ޑާކްރެއިންގެ ސަޕޯޓަރުންނަށްޓަކައި އެ ޓީމުން ތައްޔާރުކޮށްގެން ގެނެސްދޭ ޑާކްރެއިން "ޝޯޓްސް"ގައި ހިމެނޭ ހާއްސަ ސެގްމެންޓުގެ ދަށުން ޑާކްރެއިންގެ ޔޫޓީއުބް މެދުވެރިކޮށް ފޭނުންނަށް ތަފާތު އެކި އާޓިސްޓުންގެ ކުރު ފިލްމު ފަދަ ކޮންޓެންޓް ބަލައިލެވޭނެ އެވެ.