12 Oct 2020, 14:21
ހާއްސަ ހާލަތްތަކުގައި މެންބަރުންގެ ދަރިން ބެއިތިއްބުމަށް ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް "މައިންގެ" ކޮޓިރިއެއް ހުޅުވައިފި އެވެ.
މައިންގެ ކޮޓެރި ހުޅުވާފައި ވަނީ މަޖިލީހުގެ އާ އިމާރާތުގެ އެއް ވަން ފަންގިފިލާގަ އެވެ.
މައިންގެ ކޮޓެރިއެއް ހުޅުވިކަން އިއުލާން ކުރައްވައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރުންގެ ދަރިން އެހެން ތަނަކަށް ފޮނުވެން ނެތް ނަމަ މަޖިލީހުގައި މިއަދު ހުޅުވި މައިންގެ ކޮޓަރީގައި ބެއިތިއްބޭނެ ކަމަށެވެ.
"އެތަނުގައި ކުޑަކުޑަކޮށް ކުޅެލައި އެބާވަތުގެ ކަންކަން ވެސް ކުރެވޭނެ. ދެން އަޅުގަނޑަށް ވެސް ވަގުތުވި މިންވަރަކުން އެކުދިން އަޅުގަނޑު ބަލަމުން ގެންދާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި މައިންގެ ކޮޓެރިއެއް ހުޅުވި ނަމަވެސް ކުޑަކުދިން ބެލެހެއްޓުން އެންމެ ރަނގަޅު ވާނީ އާއިލީ މީހެއް ކަމަށާއި އެކަމަށް އެއްވެސް ފަރާތަކުން ދެބަސް ނުވާނެ ކަމަށެވެ.
މަޖިލީހުގައި ފުރަތަމަ ފަހަރަށް މިއަދު މައިންގެ ކޮޓަރިއެއް ހުޅުވި ނަމަވެސް ސަރުކާރުގެ ބައެއް އެހެން އޮފީސްތަކާއި އަމިއްލަ ބައެއް އޮފީސްތަކުގައި ވެސް ކުޑަކުދިންނަށް ހާއްސްކޮށްގެން ތަންތަން ހަދާފައި ހުރެ އެވެ.