ވޮޝިންގޓަން (ޖަނަވަރީ 18) : އެމެރިކާގެ ރިޔާސީ އެކުވެނި ވައިޓް ހައުސް ގެ ވަށައިގެންވާ ފާރުމަތިން ދުންބޮމެއް އެއްލުމާގުޅިގެން ރޭ ވައިޓްހައުސް ކުއްލި ގޮތަކަށް ބަންދުކޮށްފި ކަމަށް ޚަބަރު ލިބިއްޖެވެ.

މިކަން ހާމަކުރައްވަމުން ވައިޓް ހައުސްގެ ސިއްރު ޚިދްމަތްތަކާބެހޭ ތަރްޖަމާނަކު ވިދާޅުވީ ވައިޓް ހައުސްގެ ފާރުން ބޭރުން އެއްލާފައިވާ މިބޮން އައިސް ޖެހިފައިވަނީ ފާރުގެ މަތިން ވައިޓް ހައުސްގެ ގޯތިތެރެއަށް ކަމުގައެވެ.

އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. މިޙާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ގޭޓްތައް ވަގުތީ ގޮތުން ބަންދުކުރެވުނު ކަމަށާއި މިކަމާބެހޭ ތަހްޤީޤްތައް ކުރެވެމުންދާ ކަމަށް ވައިޓް ހައުސްގެ ސިއްރު ޚިދްމަތްތަކާބެހޭ ތަރްޖަމާން ވިދާޅުވިއެވެ. --ރޮއިޓާސް