ބެންކޮކް (އޮކްޓޯބަރު 12) : ތައިލެންޑުގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 20 މީހުން މަރުވެ، 30 މީހުން ޒަޚަމްވެއްޖެ އެވެ.

މިއެކްސިޑެންޓް ހިނގީ މުދާ އުފުލާ ރޭލެއް ފަސިންޖަރު ބަހެއްގައި ޖެހި މުޑިއަރައިގެންނެވެ. މިހާދިސާ ހިނގީ ވެރިރަށް ބެންކޮކްގެ އިރުމަތިން 50 ކިލޯމީޓަރު ދުރުގައި އޮންނަ ޗަޗެއޮންގްސާއު ނަމަކަށްކިޔާ ސަރަހައްދެއްގަ އެވެ. ފަސިންޖަރު ބަހުގައި ދަތުރުކުރީ ދިނީ މުނާސަބަތެއް ފާހަގަކުރުމަށް ޓަކައި އެސަރަހައްދުގައިވާ ފައްޅިއަކަށް ދާން ދަތުރުކުރި ބުޑިސްޓުންގެ ބައެއް ކަމަށްވެ އެވެ. މިހާދިސާގައި ބަސްވަނީ އެއްކޮށް ހަލާކުވެފަ އެވެ. އަދި ރޭލު ވެސް ވަނީ އޭގެ ދަގަނޑުން ފޮރޮޅާލައިގެން ގޮސް އަނެއްކޮޅަށް ޖެހިފަ އެވެ.

އެކްސިޑެންޓްގައި ޒަޚަމްވި މީހުންނަށް ވަގުތުން ދޭންޖެހޭ ފަރުވާދެނީ

މަރުވި މީހުންނަކީ އަދި ޒަޚަމްވި މީހުންނަކީ ވެސް ބަހުގައި ތިބި މީހުންނެވެ. އެބަހުން 65 މީހުން ދަތުރު ކުރިކަމަށް މިހާދިސާ ތަހްގީގްކުރާ ތައި ފުލުހުން ބުނެއެވެ. ތައި ފުލުހުން ބުނާ ގޮތުން އެކްސިޑެންޓްވާން މެދުވެރިވީ ރޭލް ހުރަސްކުރާ ތަނަކުން އެވަގުތު ބަސް ހުރަސްކުރުމުންނެވެ. ރޭލު ހުރަސްކުރި ވަގުތު ބަސް ހުރަސްކުރުމުން ރޭލު އައިސް ބަހުގައި ޖެހި މުޑިއަރައިގެންނެވެ.

މިއީ ރަނގަނޅަށް ބަލައިގެން ދަތުރުކުރިނަމަ ނުހިނގާނެ އެކްސިޑެންޓެއްކަމަށާއި ބޮޑަށް ބެލެވެނީ ބޯވާރޭގެ ސަބަބުން ބަހުގެ ޑްރައިވަރަށް ރޭލު ރަނގނޅަށް ނުފެނުން ކަމަށް ފުލުހުން ބުނެ އެވެ. އެވަގުތަކީ ވަރަށް ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެކެވެ.

ޗަޗެއޮންންގްސާއުގައި ރޭލު ހުރަސްކުރާ ތަނުގައި ރޭލު ހުރަސްކުރުގެ ކުޑައިރުކޮޅެއްކުރިން ބެރިކޭޑްތައް ބަހައްޓައި އެތަންބަންދު ކުރެ އެވެ. ނަމަވެސް އެކްސިޑެންޓްވި ހާލަތުގައި އެކަން ކޮށްފައެއް ނުވެ އެވެ. އެކަންވެސް ނުކުރެވުނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށްވަނީ ބެލެވިފަ އެވެ.

ތައިލެންޑްގެ ޑިޒާސްޓަރ މެނޭޖްމަންޓުންނާއި ފުލުހުންވަނީ ރޭލު ހުރަސްކުރާ ވަގުތު ގެ ކުރިން ބެރިކޭޑްތައް ބަހައްޓައި އެތަންބަންދު ނުކުރި މައްސަލަ ފާހަގަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)