12 Oct 2020, 08:17
ރޭޕްކުރާ މީހުން ދަންޖެއްސުމާމެދު ބަންގްލަދޭޝްއިން ވިސްނަމުންދާކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން އެފަދައިން ބުނިއިރު ރޭޕްއާ ދެކޮޅަށް އެގައުމުގައި ބޮޑެތި މުޒާހަރާތަކެއް މިހާރު ދަނީ ކުރަމުންނެވެ. ރޭޕްކުރާ މީހުން ދަންޖެއްސުމަށް އެދިވެސް އެ މުޒާހަރާތަކުގައި ދަނީ ގޮވާލަމުންނެވެ.
މިއީ ބަންގްލަދޭޝްގައި ރޭޕްއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފެށި ފުރަތަަމަ ފަަހަރުވެސްމެ އެވެ.
ބަންގްލަދޭޝްގެ ލޯ މިނިސްޓަރު އަނިސުލް ހައްގު އަލް ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭޕްއާ ދެކޮޅަށް މިހާރު ގާނޫނީ ގޮތުން އަޅާ ފިޔަވަޅުތައް ބަދަލުކުރަން ވިސްނުން އެބަހުރި ކަމަށާއި އަދި ބޭނުންވަނީ މަރުގެ ހުކުމް އިއްވަންކަަމަށެވެ.
އެކަމާ ގުޅޭ ގޮތުން މިއަދު ކެބިނެޓްގައި މަޝްވަރާކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރޭޕްއާ ދެކޮޅަށް ބަންގްލަދޭޝްގައި މުޒާހަރާތައް ފެށުނީ ބަންގްލަދޭޝްގެެ ފިރިހެނުންތަކެއް އަންހެނަކު ބަރަހަނާކޮށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.
ވީޑިއޯއިން ފެންނަ އަންހެން މީހާ ބުނީ މިދިޔަ އަހަރު އޭނާއަށް ބަޑިން ބިރުދައްކައި ރޭޕްކުރި ކަމަށެވެ. އަދި އެކަމާ ދެކޮޅު ހަދައިފިނަމަ "ގޭންގް ރޭޕް" ކޮށްލާނެކަމުގެ އިންޒާރު ދިންކަމަށްވެސް އޭނާ ބުނެފައިވެ އެވެ.
ފަހުން އެ އަންހެން މީހާ ވަނީ ގޭންގަކުން ރޭޕްކޮށްލައިފަ އެވެ. އަދި އެއާ ގުޅޭ ވީޑިއޯތަކެއް ބޭނުންކޮށްގެން ފައިސާއަށް ބްލެކްމެއިލްކުރި ކަމަށްވެސް ބުނެފައިވެ އެވެ.
ނަމަވެސް އެ އަންހެން މީހާ ވަނީ ފައިސާ ދޭން އިންކާރުކޮށްފަ އެވެ. އޭނާގެ ވީޑިއޯ ލީކްކޮށްލީ ފައިސާ ދޭން އިންކާރު ކުރުމުންނެވެ.-- އަލްޖަޒީރާ