ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި އެވެ.

ރައްޔިތުން މަޖިލީހުގައި ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ޔުނިޓްގެ ކޮމާންޑަރު ކާނަލް ނަސްރުއްالله އިބްރާހިމް ވެސް ބައިވެރިވެވަޑައިގަތެވެ.

ނަމަވެސް އެ ބައްދަލުވުމުގެ އިތުރު ތަފްސީލެއް މަޖިލީހަކުން ވެސް އަދި ޑިފެންސުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ސިފައިންގެ އިސްވެރިންނާ، ރައީސް ނަޝީދު ބައްދަލު ކޮށްފައިވާ މި ދަނޑިވަޅަކީ، އިންޑިއިާގެ ސިފައިން ރާއްޖޭގައި "ވަކިހިއްޕާލާފައި" ވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދުވަސްވަރެކެވެ.