ލިޓްރެޗާ ނުވަތަ ލިިޔުންތެރިކަމުގެ ދާއިރާއިން ނޮބެލް އިނާމް އެމެރިކާގެ ޝާއިރު ލޫސީ ގްލޫކްއަށް އަރުވައިފި އެވެ.

އެމެރިކާގެ ޔޭލް ޔުނިވާސިޓީގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ލޫސީ ވިދާޅުވީ ނޮބެލް އިނާމް ލިބޭކަން އެންގުމުން ހައިރާންކަމައް ލިބިވަޑައިގެންނެވި ކަމަށެވެ.

ދެހާސް ދިހަވަނަ އަހަރުގެ ފަހުން ލިޓްރެޗާއިން ނޮބެލް އިނާމް ލިބިވަޑައިގެންނަވާ ހަތަރު ވަނަ ބޭފުޅަކީސް ލޫސީ އެވެ.

ލޫސީ ކުރިން ނެރުނުއިރޔު " ދަ ވައިލްޑް އައިރިސް" ކަލެކްޝަން އާ ގުޅިގެން ލޫސީއަށް 1993 ވަނަ އަހަރު ވަނީ ޕުލިޓްޒާ އިނާމްވެސް އަރުވައިފައެވެ. އަދި 2014 ވަނަ އަހަރު އޭނާއަށް ވަނީ ނެޝަނަލް ބުކް އެވޯޑްވެސް ވަނީ އަރުވައިފަ އެވެ.

ލޫސީގެ ޕޮޔަމްތަކުގައި އިންސާނަކަށް ވުމުން ތަހަައްމަލުކުރަން ޖެހޭ ހިތްދަތި ދުނިޔައާއި މަރާއި ކުޑައިރުގެ ހަނދާންތަކާއި އަދި އައިލާގެ ގުޅުންތަކަށް އަލިއަޅުވައިލައިފަ އެވެ.

އޭގެ އިތުރުން ގްރީކް މެތޯލިޖީއާއި އޭގައި ހިމެނޭ ޝަހުސިއްތޔަތުތަކުން ހިލާޔުނަގާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އުމުރުން 70 އަހަރުގެ ލޫސީ ވަނީ 1968 ވަނަ އަހަރު، "ފަސްޓްބޯން" ގެ ނަމުގައި ލޫސީ ވަނީ ފުރަތަމަ ފަހަރަށް ޕޮއެޓަރީ ހިމެނޭ ފޮތެއް ނެރެފަ އެެވެ. -- އަލްޖަޒީރާ