08 Oct 2020, 12:31
ސާފުތާހިރުކަން ކުޑަ ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކެންޓީން އެޗްޕީއޭ އިން ބަންދުކޮށްފިއެވެ.
އެއިރޯ ކެފެޓީރިއާ ނަމުގައި ހިންގަމުން އަންނަ އެ ކެންޓީން ބަންދުކޮށް އެޗްޕީއޭ އިން މިއަދު ވަނީ އެތަނުގައި ނޯޓީސް ހަރުކޮށްފައެވެ.
ބަންދުކުރަން ޖެހުނު ސަބަބެއްގެ ގޮތުގައި އެ ނޯޓިސްގައި ބުނީ، ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާން ކުރާ ގަވާއިދާ ހިލާފުވެގެން ކަމަށެވެ.

ކެންޓީން ބަންދު ކުރި ކަމުގެ ނޯޓީސް --
ހުޅުމާލޭ ހުޅަނގު ފަރާތުންގައި ހުންނަ އެ ކެންޓީނުން އެއާޕޯޓު މުވައްޒަފުންނާއި އާންމުންވެސް ހިދުމަތް ހޯދައެވެ.