މެލޭޝިއާގައި ކޮވިޑް-19 ޖެހިގެން ދިވެއްސަކު މަރުވި ކަމަށް ބުނެ ފެތުރީ ދޮގު ވާހަކަތަކެއްކަން ހާމަވެއްޖެ އެވެ.

މެލޭޝިއާގައި ދިވެއްސަކު މަރުވެގެން އުޅޭ ކަމަށް ބުނެ ވަނީ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފަތުރާފަ އެވެ.

އެކަން ސާފުކުރުމަށް ފަހު ފޮރިން މިނިސްޓްރީއިން މިއަދު "ސަން"އަށް ބުނީ، މެލޭޝިއާގައި ކޮވިޑް-19 ޖެހިގެން ދިވެއްސަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ. މެލޭޝިޔާގައި ހުންނަ އެމްބަސީގެ އޮފިޝަލުން ވެސް އެކަން ޔަގީންކޮށްދެ އެވެ.

އެ މިނިސްޓްރީއިން އިތުރަށް ބުނީ މެލޭޝިއާގައި ކޮވިޑް-19 ޖެހިފައި ތިބި ދިވެހީންގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސްވިކަމުގެ ރިޕޯޓެއްވެސް ލިބިފައި ނުވާ ކަމަށެވެ.