08 Oct 2020, 06:50
އިންސިއުލިން ދީގެން މީހުން މެރި ޖަރުމަނުގެ ފިރިހެން ނަރުހަކު އުމުރަށް ޖަލަށް ލައިފި އެވެ.
ގްރެޒިގޯރް ޑަބްލިއު ފަރުވާ ދިން ތިން މީހަކު އޭނާ މަރާލި ކަމަށް މިހާރު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޕޮރިސިކިއުޓަރުން ބުނީ އޭނާ އިތުރު ބަޔަކު މަރާލައިފައިވާ ކަމަށް ވެސް ބެލެެވޭ ކަމަށެވެ. އެނާގެ މައްޗަށް ހަ މީހަކު މެރިކަމުގެ ދައުވާ ކުރިއިރު ސާބިތުވީ އެންމެ ތިން މީހުން މެރިކަމަށެވެ.
ގްރެޒިގޯރް އޭނާގެ ޝިކާރައަކަށް ވި މީހުންނަށް ވަނީ އިންސިއުލިންގެ ހައި ޑޯޒްތަކެއް ދީގެން މީހުން މަރައިފަ އެވެ.
ޕޮލެންޑަށް ނިސްބަތްވާ ގްރެޒިގޯރް ވަނީ އެނާގެ ޝިކާރައަކަށް ވީ މީހުންގެ އާއިލާގެ ކިބައިން މާފަށް އެދެފި އެވެ.
ގްރެޒިގޯރް، ދެ މީހަކު މަރާލަން މަސައްކަތް ކުރިކަން ސާބިތުވާ ކަމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި އޭގެ އިތުރުން އެނާގެ ޝިކާރައަކަށްވި މީހުންގެ އަތުން ވައްކަން ކުރުމުގެ ކުށްވެސް ވަނީ ސާބިތުވެފަ އެވެ.
ގްރެޒިގޯރްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ އޭނާ މަރާލީ 87 އަހަރުގެ މިީހެއްގެ ގައިން ސިރިންޖެއްގެ ނިޝާން ފެނިގެންނެވެ.
ގްރެޒިގޯރްއަކީ ވެސް ހަކުުރު ބަލި ހުންނަ މީހެކެވެ.