08 Oct 2020, 06:47
ކުވެއިތުގެ އާ އަމީރު ޝައިހް ނަވާފް އަލް އަހުމަދު އަލް ސަބާ އެގައުމުގެ ވަލީއަހުދުކަމަށް ޝައިހް މިޝާލް އަލް ޖަބާރު އަލް ސަބާގެ ނަން ހުށަހަޅުއްވައިފި އެވެ.
އެ މަގާމަށް މިޝާލް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ކުވެއިުގެ ނެޝަނަލް ގާޑުގެ ޑެޕިއުޓީ ހެޑްގެ މަގާމުގަ އެވެ.
އާ ވަލީ އަހުދަށް ކުވެއިތުގެ ޝާހީ އާއިލާގެ ރުހުން ލިބިފައިވާއިރު އެ މަގާމަށް އައްޔަނުކުރަން ޕާލިމަންޓްގެ ރުހުން ބޭނުންވާނެ އެވެ.
މިޝާލްއަކީ މިފަހުން އަވަހާރަވި ކުވެއިތުގެ އަމީރު ޝައިހް ސަބާ އަލް އަހުމަދުގެ ކޮއްކޯފުޅު ވެސް މެ އެވެ.
ކުވެއިތުގެ އާ އަމީރު ޝައިހް ނަވާފް އަލް އަހުމަދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އެމަނިކުފާނަކީ ޑިޕްލިމަސީގައި މާބޮޑު ތަޖުރިބާއެއް ހުރި ބޭފުޅެއް ނޫނެެެެވެ. މިޝާަލްއަކީ އާ އަމީރުއާ ވަރަށް ގާތް ބޭފުޅެކެވެ. އޭނާއާ ޔޫއޭއީ ސައުދީގެ ގުޅުންތައް ވެސް ވަރަށް ރަނގަޅެވެ.
ތަޖުރިބާކާރުން މިހާރު ވެސް ބުނަމުންދާ ގޮތުގައި އާ އަމީރުގެ ބޮޑެތި ބާރުތައް ވަލީ އަހުދާ ހަވާލުކުރައްވާނެެވެ.
އާ އަމީރުގެ އުމުރުން މިހާރު 83 އަހަރެވެ.-- އަލްޖަޒީރާ