ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮވިޑް19 ޕީސީއާރް ޓެސްޓުކުރެވޭ އަދަދު އިތުރުކޮށް އެ ހިދުމަތުގެ އަގުތައް ހެޔޮކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ހިދުމަތުގެ އަގަށް ބަދަލު އަންނާނީ މާދަމާއިން ފެށިގެން ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި މިއަދު ވަނީ އާ ޕީސީއާރް މެޝިނެއް ބަހައްޓައިފައެވެ. އެ ހޮސްޕިޓަލުން ބުނީ އެ މެޝިނުގެ ސަބަބުން ރާއްޖޭގައި ގިނައަދަދަކަށް ޕީސީއާރު ޓެސްޓު ހެދުމަށް ބޭނުންޖެހިފައިވާ ވަގުތުގައި، އެ ހޮސްޕިޓަލުން ޓެސްޓުކުރެވޭ އަދަދު އިތުރުކުރެވިގެންދާނެ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕިސީއާރް ޓެސްޓު ކުރެވޭނެ އަގުތައް:

ދިވެހި ރައްޔިތުން 1,399 ރުފިޔާ
ވޯކް ޕާމިޓް ބިދޭސީން 1,399 ރުފިޔާ
ފަތުރުވެރިން 1,499 ރުފިޔާ

ޓްރީ ޓޮޕް ހޮސްޕިޓަލުން މި ހިދުމަތަށް ގެނައި ބަދަލާއެކު ސާމްޕަލް ނެގުމަށްފަހު 24 ގަޑިއިރުތެރޭ އަދި ލަސްވެގެން 48 ގަޑިއިރު ތެރޭ ނަތީޖާ ރިޕޯޓު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ

އަދި ޕީސީއާރު ނަތީޖާ އަވަހަށް ބޭނުންވާ ފަރާތްތަކަށް ނަތީޖާ އަވަސްކުރުމުގެ ޕްރީމިއަމް ހިދުމަތް ވެސް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ޕީސީއާރު ޓެސްޓު ހެދުމުގެ ހިދުމަތް އައުޓް-ޕޭޝަންޓް (އޯޕީޑީ)، އިން-ޕޭޝަންޓް (އައިޕީޑީ) އަދި ޓްރެވަލް ސެޓްފިކޭޝަން އަށް ހުޅުވާލައިފައެވެ.

ނަންނޯޓުކުރުމަށް ނުވަތަ އިތުރު މައުލޫމާތު ސާފުކުރުމަށް 3351610 އަށް ގުޅައިގެން ނުވަތަ[email protected]އަށް އީމެއިލް ކުރުމުން އެކަން ހަމަޖެހިގެންދާނެއެވެ.