ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 54 މީހަކު ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ އޭގެ ތެރޭގައި ހިމެނެނީ 45 ދިވެހީންނާއި ނުވަ ބިދޭސީން ކަމަށެވެ. އަދި މިއަދު މާލެ ސަރަހައްދުން 52 ކޭސް ފެނުނު އިރު އަތޮޅު ތެރެއިން ދެ ކޭސް ފެނިފައިވެއެވެ.

މިއަދު 54 މީހުން ޕޮޒިޓިވްވީ އިރު، 1،488 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ އަށް 10،621 އަރައިފައެވެ. އޭގެ ތެރެއިން 9،466 މީހުން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1،114 މީހެކެވެ.

އޭގެ ތެރެއިން 68 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ އިރު 407 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 34 މީހަކު ވަނީ މަރުވެފައެވެ.