ބޭރުގެ ނުދަންނަ ނަންބަރުތަކުން އަންނަ ކޯލުތަކަށް ޖަވާބު ނުދިނުމަށް ދިރާގުން ކަސްޓަމަރުންނަށް އިލްތިމާސްކޮށްފިއެވެ.

ދިރާގުން ބުނީ ބޭރުގެ ނުދަންނަ ނަންބަރުތަކުން އެކުންފުނީގެ ކަސްޓަމަރުންނަށް ގުޅައި، އަދި އަނބުރާ ގުޅުމަށް އެދި މެސެޖު ފޮނުވަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

މިފަދަ ނަންބަރުތަކަށް ޖަވާބު ނުދިނުމަށް ދިރާގުން ވަނީ ކަސްޓަމަރުންގެ ފަރާތުން އެދިފަ އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހުން ފެށިގެން ބޭރުގެ ގޮތްނޭނގޭ ނަންބަރުތަކުން ފޯނުކޯލު އަންނަ ވާހަކަ ސޯޝަލް މީޑިއާގައި އާންމުން ދަނީ ހިއްސާކުރަމުންނެވެ.

ގިނަ މީހުންނަށް ކޯލުތައް އަންނަނީ ރަޝިއާގެ ނަންބަރުތަކުންނެވެ. އަދި ބައެއް މީހުންނަށް ސުވިޓްޒަލެންޑާއި ގްރީސްގެ ނަންބަރުތަކުން ވެސް ކޯލުތައް ވަނީ ލިބިފަ އެވެ.