05 Oct 2020, 22:20
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 37 މީހަކު ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ އޭގެ ތެރޭގައި ހިމެނެނީ 29 ދިވެހީންނާއި އަށް ބިދޭސީން ކަމަށެވެ. އަދި މިއަދު މާލެ ސަރަހައްދުން 35 ކޭސް ފެނުނު އިރު އަތޮޅު ތެރެއިން ދެ ކޭސް ފެނިފައިވެއެވެ.
މިއަދު 37 މީހުން ޕޮޒިޓިވްވީ އިރު، 1،608 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ އަށް 10،567 އަރައިފައެވެ. އޭގެ ތެރެއިން 9،427 މީހުން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1،099 މީހެކެވެ.
އޭގެ ތެރެއިން 65 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ އިރު 432 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 34 މީހަކު ވަނީ މަރުވެފައެވެ.