އައިލެންޑް ބެވަރެޖް މޯލްޑިވްސްގެ ފަރާތުން އުފައްދާ ތާޒާ ބްރޭންޑްގެ ފެނަށް އޯޑަރު ކުރުމަށް ކުރު ހޮޓްލައިނެއް ކަމަށްވާ 1619 މިއަދު ތައާރަފުކޮށްފި އެވެ.

އައިލެންޑް ބެވަރެޖް އިން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ތާޒާާ ހޮޓްލައިން ލޯންޗުކޮށްދެއްވާފައިވަނީ އެކުންފުނީގެ ޗެއާމަން އަދި މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

ކޮވިޑް-19 އާ ގުޅިގެން ތާޒާ ފެން ޑެލިވަރީ ކުރުމުގެ ކަންތަކާއި އެ ފެން ހޯދުމަށް އާންމުނަށް ގިނަ ފަސޭހަތަކެއް ވަނީ ކޮށްދީފައެވެ. އެގޮތުން ހާއްސަ ފޯމެއް އޮންލައިންކޮށް ފުރައިގެން އަދި ވައިބާ ބޭނުންކޮށްގެންވެސް ފެނަށް އޯޑަރުކުރުމުގެ ހިދުމަތް ވަނީ މީގެކުރީން ތައާރަފުކޮށްފައެވެ.

މިއަދު ހޮޓްލައިން ތައާރަފުކޮށްފައިވާއިރު އެ ހިދުމަތަކީ ރައްޔިތުންނަށް ފެން އޯޑަރު ކުރުމަށް އިތުރަށް ފަސޭހަ ގޮތެއް ތައާރަފުކުރުމަށް ލޯންޗުކުރި ހޮޓްލައިނެއް ކަމަށް އައިލެންޑް ބެވަރެޖް އިން ބުނެއެވެ.

މީގެކުރީން ތާޒާ ފެނަށް އޯޑާ ކުރުމަށް ގުޅަން ޖެހޭ ހޮޓްލައިން އަކީ 9885544 އެވެ.