ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބެލް ބޮޓޮމް"ގެ ޓީޒާ އެއް ދައްކާލައިފި އެވެ.

ފިލްމުގެ ޓީޒާއިން އަކްޝޭ އެކަނި ފެނިގެންދާއިރު އޭނާ ފެނިގެންދަނީ އެއާބޭސް އެއްގެ ތެރެއިންނެވެ. މި ފިލްމުން އަކްޝޭ އާ އެކު ލީޑު ރޯލު ކުޅޭ އަންހެން ބަތަލާ އަކީ ވާނީ ކަޕޫރެވެ. ރަންޖީތު ތިވާރީގެ ޑައިރެކްޝަނުގެ ދަށުން ފިލްމު ގެނެސްދޭއިރު ސިނަމާގައި މި ފިލްމު އަޅުވާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ދެވަނަ ދުވަހު އެވެ. މި ފިލްމުގެ ބޮޑުބައި ޝޫޓްކުރީ ޔޫކޭގަ އެވެ.

ލާރާ ދައްތާ، ހުމާ ގްރޭޝީ އަދި އާދިލް ހުސައިން ވެސް ބެލް ބޮޓަމް އިން ފެނިގެންދާއިރު މި ފިލްމަކީ ސްޕައި ތްރިލާ ޖޯންރާގެ ފިލްމެކެވެ.

އެކްޓަރު އަކްޝޭގެ ކުރިއަށް ވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އެއީ "ޕްރިތުވީރާޖް"، "އަތުރަންގީ ރޭ"، "ބައްޗަން ޕާންޑޭ" އަދި "ރަކްޝާބަންދަން" އެވެ.