05 Oct 2020, 15:53
މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން މީހަކު ވެއްޓުމާ ގުޅިގެން އޭނާއަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި މާލޭގެ ފާމުދޭރި މަގުގައި ހުރި ހަދަމުންދާ އިމާރާތެއް މަތިން ވެއްޓުނީ އެތަނުގެ މަސައްތުގައި އުޅުނު ބިދޭސީ މީހެކެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިއަދު 3:20 ހާ އިރު އެވެ.
އިމާރާތުން ވެއްޓުނު މީހާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ މެޑިކާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެމީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި އެމީހާގެ ހާލަތު ފުލުހުން ހާމައެއް ނުކުރެ އެވެ.
މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.