05 Oct 2020, 13:32
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީތަރި މުހައްމަދު ޔުނާންއާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.
ޔުނާންގެ ދެމަފިރިން ހައްޔަރުކުރީ ރޭގައެވެ.
ފުލުހުން ބުނީ އެ ދެމަފިރިންގެ ބަންދާމެދު ގޮތަށް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެ ދެމަފިރިން ހައްޔަރުކުރިއިރު، ދެ މީހުން ހައްޔަރުކުރުމަށް ގޮވާލައި އިއްޔެ ވަނީ އެމީހުން ދިރިއުޅޭ އެޕާޓްމަންޓް ކައިރީގައި ބަޔަކު މުޒަހަރާވެސްކޮށްފަ އެވެ.
ޔުނާންގެ ދެމަފިރިން ރައްކާތެރިކަމަށް އެދުނުކަމަށް ބުނެ އިއްޔެ ފުލުހުން ވަނީ އެ ދެމީހުންނަށް ހިމާޔަތްވެސް ދީފަ އެވެ.
ފުލުުހުން ރޭ ބުނީ، ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް އެ މުއައްސަސާއަށް އިއްޔެ ހަވީރު ހުށަހަޅާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޔުނާން އާއި އޭނާގެ އަންހެނުން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭނީ އެ ދެމީހުންނާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖަކަށެވެ