05 Oct 2020, 12:51
މިހާރު ކޮންމެ މީހަކުވެސް ބަލަނީ ހަށިގަނޑަށް ފައިދާހުރި ކެއުން ކެވޭތޯ އެވެ. ހައްޓަށް ލުއި ފަސޭހަގޮތް ހިޔާރު ކުރެވޭތޯ އެވެ. ކިރިިޔާވެސް ފަސޭހަގޮތެއް އޮއްވާ އުނގަދޫ މަގުން ދާން އެކަކުވެސް ބޭނުމެއް ނުވާނެތާ؟ ކާއެއްޗެހި ތައްޔާރުކުރަން އުޅޭއިރުވެސް ފަސޭހަ ރެސިޕީތަކާ ދިމާއަށް ދެވެނީ ތައްޔާރުކޮށްލަން ފަސޭހަ، އަނގަޔަށް މީރު އެއްޗެހި ކުޑަ ވަގުތުކޮޅަކުން ތައްޔާރުކުރެވޭތީ އެވެ.
ފަސޭހައިން މީރު ކާއެއްޗެހި ތައްޔާރުކޮށްލަން ކޮންމެހެންވެސް ބަދިގޭގައި ބެހެއްޓުން އުފެއްދުންތައް އެމްވީއެކްސް ޓްރޭޑިން އިން ލިބޭނެ އެވެ. އޭގެ ތެރޭގައި ދޮންނަން ނުޖެހޭ ހަނޑުލާއި، ކާށިހުނި، ޕްރެޒަވޭޓިވްސް ނުހިމެނޭ ކާށިކިރުވެސް ހިމެނެ އެވެ.
ތައި ޖޭސްމިން ހަނޑޫ

ކެޕްޝަން..
އެމްވީއެކްސް ޓްރޭޑިން އިން ވިއްކާ ތައި ޖޭސްމް ހަނޑުލުގެ އެއް ކިލޯ އަދި ފަސްކިލޯގެ ޕެކެޓު ލިބޭނެ އެވެ. މިއީ ތާޒާ އަދި ގުދުރަތީ ޖޭސްމީންގެ ވަސް އެކުލެވިގެންވާ، 100 ޕަސެންޓް ހުދު ހަނޑުލެކެވެ.
މި ހަނޑޫ ކެއްކުމުގެ ކުރިން ދޮންނާކަށް ނުޖެހޭނެ އެވެ. މިމި ހަނޑުލަކީ ސާފު، ވިޓަމިން ބީ ވަން، ބީ ތްރީ އަދި އަޔަން އިން ފުރިގެންވާ މީރު ހަނޑުލެކެވެ. ގުލޫޓަން ފްރީ މި ހަނޑުލަކީ ބުރަކޮށް މަސައްކަތުގައި އުޅޭ މީހުންނަށް ހާއްސަ، އަތް ފޯރާ އަގެއްގައި ލިބޭނެ ހަނޑުލެކެވެ.
ކޮކޯޒިމް އޯގެނިކް ކާށި ކިރު

ކެޕްޝަން..
މިއީ ކޯލްޑް ޕްރެސްކޮށް ތާޒާ ކާށި ބޭނުންކޮށްގެން އުފައްދާފައިވާ މި ކާށި ކިރެކެވެ. ކާށިކިރުގެ އަސްލު ރަހަ އާއި ހަކަތައިގެ ބާވަތްތައް އެންމެ ފުރިހަމައަށް ލިބިދޭނެހެން ތައްޔާރު ކުރެވިފައިވާ މި ކާށިކިރުގެ އެއް ލީޓަރު ޕެކެޓް އެމްވީއެކްސް އިން ލިބޭނެ އެވެ.
މިއީ ސްމޫތީސް، އައިސް ކްރީމް، ކޮފީ، ކޮކްޓެއިލްސް، ސޫޕް އަދި ރިހަ އާއި ސޯސް ތައްޔާރު ކުރަންވެސް އެންމެ ކަމުދާނެ އުފެއްދުމެކެވެ.
އާންމުކޮށް ސައި އަދި ކޮފީ ގިރަން ބޭނުން ކުރާ ޑެއިރީ މިލްކްގެ ބަދަލުގައި ބޭނުން ކުރެވޭނެ މި އޯގެނިކް ކާށި ކިރަކީ ކޮލެސްޓްރޯލް، ގްލުޓެން އަދި ޑެއިރީ އެކުލެވިގެން ނުވާ ވީގެން ކިރެކެވެ.
ކޮކޯޒިމް ކާށި ކިރު

ކެޕްޝަން..
ކޮކޯޒިމް ކާށިކިރަކީ އެއްވެސް ޕްރިސަވޭޓިވް އެއް އަދި އާޓިފިޝަލް ކުލައެއް އެކުލެވިގެން ނުވާ ކާށިކިރެކެވެ.
މި ކާށި ކިރަކީ ކޮލެސްޓްރޯލް، ގްލުޓެން އަދި ޑެއިރީ އެކުލެވިގެން ނުވާ ވީގެން ކިރެކެވެ.
ޑެސިކޭޓަޑް ކޮކޮނަޓް
މިއީ ފްރިޖަށް ލާން ނުޖެހޭ، އެއް އަހަރު ދުވަހުގެ ޝެލްފް ލައިފް ލިބިފައިވާ ކާށި ހުންޏެކެވެ. ކަރު ރަހަ ނުލާ އަދި ކުނި ނުވާ ޒާތަށް ތައްޔާރުކޮށްފައިވާ މި ކާށި ހުންޏަކީ ހެދިކާ، މަސްހުނި އަދި ޑިސްކް ތައްޔާރުކުުރމުގައި ބޭނުންކޮށްލަން ފަސޭހަ އުފެއްދުމެކެވެ. މިހާރު ވެސް ވަރަށް ގިނަ ބޭކަރީ އަދި ރެސްޓޯރަންޓްތަކުގައި ޑެސިކޭޓަޑް ކޮކޮނަޓް ބޭނުން ކުރެ އެވެ.
އެމްވީއެކްސް އިން ވިއްކާ މި އުފެއްދުންތަކަކީ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ، މިހާރުވެސް ބަޒާރުގައި ބޮޑު ޑިމާންޑެއް އޮތް އުފެއްދުންތަކެކެވެ. ބުރަކޮށް އުޅޭ މި ޒަމާނުގައި ފަސޭހަ ގޮތް ހިޔާރުކުރާ މީހުންނަށް މިއީ ކަމުދާނެ އުފެއްދުންތަކެކެވެ. މާލެ އާއި ހުޅުމާލެ އަދި ރަށްރަށުގެ ގިނަ ފިހާރަތަކުން މި އުފެއްދުންތައް މިހާރު ލިބޭނެ އެވެ. މާލެ ސަރަހައްދުގެ ބައެއް ކެފޭ ރެސްޓޯރެންޓުތަކުންވެސް މި އުފެއްދުންތައް ގަންނަން ލިބޭނެ އެވެ.

ކެޕްޝަން..
އެމްވީއެކްސްގެ އުފެެއްދުންތައް ލިބެން ހުންނާނެ ބައެއް ފިހާރަތައް:
އެމްއެޗްއޭ
އިހުސާން ފިހާރަ
ގަންނަ މާޓު
ވީބީ މާޓް
ޗޮއިސް މާޓް
އަލްވޭރާ
ރިނިއުމާޓް
އެވްކޯ
ވީޓީބީ
ރެޑްބީ
އައިބިޒްމާޓް
ސޯސަން މާޓް
ވެގަ ޕޮއިންޓް
ޔޫނިއަން މާޓް
ކޮލީގް މާޓް
އެސްޓީއޯ ޕީޕަލްސް ޗޮއިސް
ފެލިކް އިންވެސްޓްމެންޓް
އިވްނިންގް މާޓް
މާވަޑި ސްޓޯ
ޕާފެކްޓް ސްޓޮޕް
ބަލްކް ޑިޕޮޓް / ހުޅުމާލެ
ފަހި ޕްލާޒާ / ހުޅުމާލެ
އޮލިވް ޓްރީ / ހުޅުމާލެ
ޔޫނިއަން މާޓް އެކްސްޓްރާ / ހުޅުމާލެ
ރިނިއު / ހުޅުމާލެ
ހިއްސާ މާޓް / ވިލިމާލެ
ދޮރާށި ފިހާރަ / ވިލިމާލެ
ބަލްކް ޑިޕޮޓް / ލ އަތޮޅު
ސީކްރެޓް / ފުވައްމުލައް
އެމްވީއެކްސްގެ އުފެެއްދުންތައް ލިބެން ހުންނާނެ ބައެއް ކެފޭ / ރެސްޓޯރެންޓް
ޒީބާސް ޑެލީ ކެފޭ އެންޑް ބިސްޓްރޯ
ބްލަޑް އޮރެންޖް ބްއި ސީޑީސް ކިޗެން
ޑޮލްފިން ވިއު ކެފޭ
ޓިއުލިޕް ކެފޭ އެންޑް ރެސްޓޯރެންޓް
ބްރަދާސް ކޭޓަރިން
ހާބްސް ކެފޭ / މަހިބަދޫ
އެމްވީއެކް އިން ބުނީ ކުރިއަށް އޮތްތަނުގައިވެސް ހަށިގަނޑަށް ފައިދާހުރި، ބޭނުންކުރަން ފަސޭހަ ކާބޯތަކެތީގެ ގިނަ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފު ކުރާނެ ކަމަށެވެ.