އެސްޓީއޯއިން ފުލުހުންގެ މުއައްސަސާއަށް 3000 ސޭފްޓީ ގޮގަލްސް ހަދިޔާކޮށްފިއެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެސްޓީއޯއިން ފުލުހުންނަށް ހަދިޔާކުރި ސޭފްޓީ ގޮގަަލްސްތަކެކެވެ.

މިއަދު ފުލުހުންގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޭފްޓީ ގޮގަލްސްތައް ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. އަދި އެތަކެއްޗާ ހަވާލުވެލެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއެވެ.

ކޮވިޑުން އަރައިގަތުމަށް ހަރަކާތްތެރިވާ ފްރޮންޓްލައިންގެ މުވައްޒަފުންގެ ގޮތުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާއިރު ގިނަ އަދަދެއްގެ ފުލުހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

މިިދިޔަ އޮގަސްޓުމަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ތެރެއިން ކޮވިޑަށް 93 މީހަކު ޕޮޒިޓިވްވި ކަމަށެވެ.

ކޮވިޑްއާ ގުޅިގެން ބައެއް ގަޑިތަކުގައި ކާފިއު އިއުލާންކޮށް ސައިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އެ ގަޑިތަކުގައި މީހުން އެ އުސޫލުތަކަށް ތަބާވޭތޯ ބަލަން ފުލުހުން ދަނީ ގަވައިދުން މޮނީޓާކުރަމުންނެވެ. އޭގެ އިތުރުން މާސްކު އެޅުމާއި ވިޔަފާރިތައް ހިންގަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށްތޯވެސް ފުލުހުން ގަވައިދުން ބަަލަމުންދެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވާ 10،530 މީހަކު ފެނިފައިވާއިރު ބަލީގައި 34 މީހުން ވަނީ މަރުވެފައެެވެ.