ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ނެގި 1583 ސާމްޕަލްގެ ތެރެއިން 51 މީހުންގެ ސާމްޕަލް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 51 ދިވެހީންނާއި 14 ބިދޭސީންނެވެ.

މިއަދު 65 މީހުން ޕޮޒިޓިވްވިއިރު އިއްޔެ 67 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބި 1125 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން 67 މީހުން ހޮސްޕިޓަލުތަކުގައި ބައިތިއްބާފައިއެބަ ތިއްބެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 10،530 މީހުންނެވެ. ބަލީގައި 34 މީހުން ވަނީ މަރުވެފަ އެވެ.

އެޗްޕީއޭ އިން ބުނީ 21 ރަށާއި 20 ރިސޯޓެއްގައި ކޮވިޑްގެ އެކްޓިވް ކޭސްތައް އުޅޭ ކަމަށެވެ.