17 Jan 2012, 13:12
ގައުމީ ޕާޓީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އާއި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައާ ބެހޭ މައުލޫމާތު ޑިޕޮލެމެޓިކް މިޝަންތަކަށް ދިނުމަށް މިރޭ ގައުމީ ޕާޓީގެ ވަފުދެއް ކޮލޮމްބޯ އަށް ފުރާނެ ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
މި ދަތުރުގައި ބައިވެރިވެވަޑައިގަންނަ ވަނީ ގައުމީ ޕާޓީގެ ނާއިބް ރައީސް އިމާދު ސާލިހު އަދި ޒުވާނުންގެ ގޮފީގެ ރައީސް މުޙައްމަދު މަލީހް ޖަމާލު ކަމަށް ގައުމީ ޕާޓީން ބުނެ އެވެ.
ގައުމީ ޕާޓީން ބުނީ ދެ ދުވަހުގެ މުއްދަތަށް ކުރާ މި ދަތުރުގައި ރައީސް ނަޝީދުގެ ސަރުކާރުން ޤާނޫނާ ޚިލާފަށް ހިންގާ ހަރަކާތްތަކާ ބެހޭ ސައްހަ މައުލޫމާތު ކޮލޮމްބޯގައި ހުރި ޑިޕްލޮމެޓިލް މިޝަންތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.