ހުޅުމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ފުލުހުން ކުރިޔަށް އެބަ ގެންދެ އެވެ.

މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަނަކީ ހުޅުމާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ކޭނައިން ޔުނިޓް ބޭނުންކޮށްގެން ކުރިޔަށް ގެންދާ ރެންޑަމް އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ ސުވާލުކުރުމުން ފުލުހުން ބުނީ އެ އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު އޮޕަރޭޝަން ނިމުމުން ހާމަކުރާނެކަމަށެވެ.

ހުޅުމާލޭގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިޔަށް މި ގެންދަނީ އައްޑޫ ސިޓީއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 80 ކިލޯގެ މަސްތުވާތަކެތި އިއްޔެ އަތުލައިގަނެފައިވަނިކޮށެވެ.