03 Oct 2020, 22:12
ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ނެގި 1555 ސާމްޕަލްގެ ތެރެއިން 67 މީހުންގެ ސާމްޕަލް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހީންނާއި ނުވަ ބިދޭސީންނެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން 26 މީހުންނަކީ މާލެއިން ބޭރު އެހެން ސަރަހައްދުތަކުން ޕޮޒިޓިވްވި މީހުންނެވެ. އޭގެ ތެރޭގައި ލ. އަތޮޅުން ޕޮޒިޓިވްވި 25 ސިފައިން ހިމެނެ އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބި 1114 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން 73 މީހުން ހޮސްޕިޓަލުތަކުގައި ބަހައްޓާފައި އެބަ ތިއްބެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 10،465 މީހުންނެވެ. ބަލީގައި 34 މީހުން ވަނީ މަރުވެފަ އެވެ.