"ޖުޑިޝަރީ އަށް ދިމާވި ކުއްލި ހާލަތާ ގުޅިގެން" ހައިކޯޓާއި ކްރިމިނަލް ކޯޓުގެ އިތުރުން ސިވިލް ކޯޓުގައި މިއަދަށް ޝެޑިއުލްކޮށްފައި ހުރި މައްސަލަތައް ކެންސަލްކޮށްފި އެވެ.

ތިން ކޯޓުގައި ޝެޑިއުލް ކޮށްފައި ހުރި މައްސަލަތައް މިއަދު ކެންސަލްކޮށްފައި މިވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ ރޭ ހައްޔަރުކޮށްފައި ވަނިކޮށެވެ.

ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދަށް ޝެޑިއުލްކޮށްފައި ހުރި މައްސަލަތައް ކެންސަލްކުރި ނަމަވެސް އެ މައްސަލަތައް އަދި ޝެޑިއުލް ކުރާނެ ކަމަށާއި ނަމަވެސް ޝެޑިއުލް ކުރާނީ ކޮން ދުވަހަކުން ކަމެއް ވިދާޅުވާން އަދި ނޭނގޭ ކަމަށެވެ.
ނަމަވެސް ޖުވެނައިލް ކޯޓުން މައްސަލަތައް ކެންސަލް ކުރިމަކެމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ކަށަވަރެއް ނުވެ އެވެ.

މައްސަލަތައް ކެންސަލް ކުރި ނަމަވެސް ކޯޓުތަކުން މައްސަލަ މިއަދު ބަލައިގަތުން ކެންސަލްކޮށްފަ އެއް ނުވެ އެވެ.

ކޯޓުތަކުން މިއަދަށް ޝެޑިއުލްކޮށްފައި ހުރި މައްސަލަތައް ކެންސަލްކޮށްފައި މިވަނީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް އަދި ސިފައިންގެ ގާނޫނީ މަސްއޫލިއްޔަތުތަކުގެ ބޭރުން ކަމަށް ކަނޑައަޅައި އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް އެމްއެންޑީއެފްގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.