03 Oct 2020, 20:23
މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި ބިދޭސީ މީހަކު ފުލުހުން ހައްޔަރު ކުރި ނަމަވެސް ކޯޓުން އޭނާގެ މުއްދަތު އިތުރުކޮށް ނުދިނުމުން ދޫކޮށްލަން ޖެހިއްޖެ އެވެ.
އެ ހާދިސާ ހިނގާފައި ވަނީ ރޭ 10 ޖަހަން ކައިރިވެފައި ވަނިކޮށް އަބަދަށް ފެހި މަގުގަ އެވެ.
މަސްތުގެ ހާލަތުގައި ހުރެ އޭނާ ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ކޯޓުތަކަށް ވެސް ގޮންޖަހާފަ އެވެ.
ފުލުހުން މިއަދު ބުނީ، މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅުނު ބިދޭސީއެއް ރޭ ވަނީ ހައްޔަރު ކޮށްފައި ކަމަށާއި، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ވަނީ ދޫކޮށްލާފައި ކަމަށެވެ.

މަސްތުގެ ހާލަތުގައި ހުރި މީހާ މަގުމައްޗަށް ވެއްޓި ބޮލުން ލޭ ފާބާފައި ---
އެހެން ނަމަވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
މަސްތުގެ ހާލަތުގައި އޭނާ ހުރު އެ ސަރަހައްދުގައި އަޑުގަދަކޮށްފައިވާއިރު، މަގުމައްޗަށް ވެއްޓި އޭނާގެ ބޮލުން ވަނީ ލޭ ވެސް ފައިބާފަ އެވެ. އެ ތަނުގައި ފުލުހުން ވެސް ހުއްޓައި އޭނާ ވަނީ އެތަނުން ގެ އެކަށް ވަދެފަ އެވެ. ނަމަވެސް އިތުރު ފުލުހުން އައިސް ފަހުން އޭނާ ވަނީ ހައްޔަރު ކޮށްގެން ގެންގޮސްފަ އެވެ.