ފްރާންސްގެ މުސްލިމުން ހަރުކަށި ކަމަށް ބުނެ އެކަން ބަދަލުކުރަން ފިޔަވަޅުތަކެއް އަަޅަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އެގޮތުން ދީނީ މަދަރުސާތައް ގިނަވެ، ފިރިހެނުން އަންހެނުންނާ ސަލާމް ނުކުރުމުގެ މައްސަލައާއި ދެ ޖިންސަށް ވަކިން ސްވިމިން ޕޫލްތައް މުސްލިމުން ދިރިއުޅޭ ސަރަހައްދުތަކުގައި ހަަމަޖައްސާފައި އޮންނާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން ކުޑަކުދިން މޫނު ބުރުގާ އަޅުވާ މައްސަލަ ވެސް ފްރާންސުން ވަނީ ފާހަގަކޮށްފަ އެވެ.

އެކަންކަން ހުއްޓުވުމަށް އަންނަ އަހަރު ކުރީކޮޅު ޕާލަމަންޓަށް ބިލެއް ފޮނުއްވާނެ ކަމަށް ފްރާންސްގެ ރައީސް އިމާނުއަލް މެކްރޯން ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އާ ބިލްގައި "ހޯމް ސްކޫލިން"ޥެސް ކުރެވޭނެ އުސޫލުތައް ހަރުކަށި ކުރަން ވަނީ ނިންމައިފަ އެވެ.

ފްރާންސްގެ ރައީސް މެކްރޯން ވިދާޅުވީ މައްސަލައަކީ ފްރާންސްގެ ގާުނޫނުތަކަށް ބެލުމެއް ނެތި މުސްލިމުން އަމަލުކުރަމުންދާތީ ކަމަށެވެ.

އޭގެ އިތުރުން އިސްލާމް ކިޔަވައިދޭން އިންސްޓްޓިއުޓެއް ހަދަން ވެސް ވަނީ ނިންމައިފަ އެވެ. ނަމަވެސް ފާރާންސް ނޫން ގައުމުތަކުގެ މީހުންނަށް އެ ކަންތައްތަކާ ގުޅޭ ގޮތުން ފްރާންސްގެ މުސްލިމުންގެ އެސޯސިއޭޝަނުން ބުނީ އާ ގާނޫނެއް އެކުލަވާލުމުގެ ބޭނުމެއް ނެތް ކަަމަށެވެ. އަދި މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން ވެސް ހަރުކަށި ފިކުރު ނައްތާލެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.--- ރޮއިޓާސް---