ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު އާއި ބަތަލާ ކިއާރާ އަދުވާނީ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ލަކްޝްމީ ބޮމް"ގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.

ލަކްޝްމީ ބޮމް ރިލީޒްކުރާނީ އަކްޝޭގެ 53 ވަނަ އުފަންދުވަހު އެވެ. އެއީ އަންނަ މަހުގެ ނުވަ ވަނަ ދުވަހެވެ. އެ ފިލްމު އަންނަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު ފިލްމުގެ ޓްރެއިލާ ދައްކާލާނީ މިމަހު 18ގަ އެވެ. އިންޑިއާގައި މި ފިލްމު ރިލީޒްކުރާއިރު މި ފިލްމު އެހެން ގައުމުތަކުގައި ވެސް ރިލީޒްކުރަން ވަނީ ނިންމައިފަ އެވެ.

ލަކްޝީ ބޮމް ދައްކާ ބައެއް ގައުމުތަކަކީ އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑާއި ޔޫއޭއީ އެވެ. އެ ގައުމުތަކުގެ ސިނަމާތަކުގައި މި ފިލްމު ދައްކާއިރު ޔޫއެސްއޭ، ޔޫކޭ އަދި ކެނެޑާގެ ހޮޓްސްޓާގައި ވެސް މި ފިލްމު ރިލީޒްކުރާނެ އެވެ.

ރަގަވާ ލޯރެންސް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ އަކްޝޭ އާއި ކިއާރާ އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމެވެ.