އެކްޓަރު އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ "ބެލް ބޮޓަމް" ޝޫޓިން ކާމިޔާބުކަމާއެކީ ނިންމާލައިފި އެވެ.

ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ފިލްމުގެ އާ ޕޯސްޓަރެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. ސްކޮޓްލެންޑްގައި ފިލްމުގެ ގިނަ މަންޒަރުތަކެއް ޝޫޓްކުރިއިރު މި ފިލްމުން އަކްޝޭ އާ އެކު ލީޑު ރޯލު ކުޅޭ އަންހެން ބަތަލާ އަކީ ވާނީ ކަޕޫރެވެ. ރަންޖީތު ތިވާރީގެ ޑައިރެކްޝަނުގެ ދަށުން ފިލްމު ގެނެސްދޭއިރު ސިނަމާގައި މި ފިލްމު އަޅުވާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ދެވަނަ ދުވަހު އެވެ.

ލާރާ ދައްތާ، ހުމާ ގްރޭޝީ އަދި އާދިލް ހުސައިން ވެސް ބެލް ބޮޓަމް އިން ފެނިގެންދާއިރު މި ފިލްމަކީ ސްޕައި ތްރިލާ ޖޯންރާގެ ފިލްމެކެވެ.

އެކްޓަރު އަކްޝޭގެ ކުރިއަށް ވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އެއީ "ޕްރިތުވީރާޖް"، "އަތުރަންގީ ރޭ"، "ބައްޗަން ޕާންޑޭ" އަދި "ރަކްޝާބަންދަން" އެވެ.