02 Oct 2020, 18:17
ގއ. ދާންދޫގައި ހިންގި މާރާމާރީއެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ދާންދޫގައި ދެބައެއްގެ ދެމެދުގައި މާރާމާރީ ހިންގި ކަމުގެ މައުލޫމާތު ރޭ 23:25 ހާއިރު ލިބިފައިވާ ކަމަށެވެ.
"މި މާރާމާރީގައި ތިން މީހަކަށް އަނިޔާވެފައިވޭ. އޭގެ ތެރެއިން އެކަކަށް ފަރުވާދިނުމަށްޓަކައި ގއ. ވިލިނގިލި ހޮސްޕިޓަލަށް ރޭ ގެންދިޔަކަމުގެ މައުލޫމާތު ލިބިފައިވޭ." ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.