16 Jan 2012, 21:57
ހދ. ކުމުންދޫ ނެރުމައްޗަށް 40 ފޫޓުގެ މަސްދޯންޏެއް އަރައިފި އެވެ.
މިއަދު އިރުއޮއްސުނު ވަގުތު ކުމުންދޫ ނެރު މައްޗަށް އެރީ އެ އަތޮޅު ކުރިބީ "އަޒުމް" ނަމަކަށް ކިޔާ ދޯންޏެއް ކަމަށް ދިފާއީ ބާރުން ބުންޏެވެ.
ދިފާއީ ބާރުން ބުނީ އެ ދޯނީގައި ތިބި މީހަކަށް ގެއްލުމެއް ނުވާކަމަށެވެ.
އެ ދޯނި ފުންކުރުމުގެ މަސައްކަތް ދިފާއީ ބާރުން މިހާރު ވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.