ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ދަށުން "ކޮވިޑް ހުއްޓުވާނީ އަހަރެން - ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް، ހުޅުވާލި ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އެގޮތުންލި ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އޮކްޓޯބަރު 10 ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އަށް ވަނީ އިތުރު ކޮށްފައެވެ.

އަގުހުރި ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބަރާތުގައި ވީޑިއޯއާއި ފޮޓޯ ތައްޔާރު ކޮށް ފޮނުވަން ޖެހޭނީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯއާއި ފޮޓޯއެވެ.

ވީޑިއޯ މުބާރާތް:ވީޑިއޯ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯއެއްގެ ދިގުމިން 30 ސިކުންތަށް ވުރެ ދިގުވެގެން ނުވާނެއެވެ. ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަންވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ވާނެ ގޮތަކަށެވެ. އަދި ހުރިހާ ވީޑިއޯއެއް ހުންނަން ވާނީ، mp4 ފޯމެޓްގައެވެ.

ފޮޓޯ މުބާރާތް:ފޮޓޯ މުބާރާތުގައި ހިމަނާ ފޮޓޯތަކުގައި، ތީމް އާ ގުޅޭ ގޮތުން ދޭ މެސެޖް، އަސަރު ސާފުވާން ވާނެއެވެ. ފޮޓޯތައް ހުންނަންވާނީ، JPG, JPEG or PNG ފޯމެޓްގައެވެ.

ވަނަ ހޮވުން:ވީޑިއޯ އަދި ފޮޓޯ މުބާރާތުން ކުރެ ކޮންމެ މުބާރާތަކުން އެއްވަނަ، ދެވަނަ އަދި ތިން ވަނަ ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. ވަނަ ވަނަ އަށް ދާނީ މުބާރާތް ނިމޭއިރު، އެންމެ ގިނަ ޝެއާ ލިބިފައި ހުންނަ ވީޑިއޯ އަދި ފޮޓޯއެވެ.

އިނާމު:އެއް ވަނަ ވީޑިއޯ އަށް 15،000 ރުފިޔާ، ދެ ވަނަ ވީޑިއޯ އަށް 10،000 ރުފިޔާ އަދި 3 ވަނަ ވީޑިއޯ އަށް 7،000 ރުފިޔާ

އެއް ވަނަ ފޮޓޯ އަށް 10،000 ރުފިޔާ، ދެ ވަނަ ފޮޓޯއަށް 5،000ރުފިޔާ އަދި ތިން ވަނަ ފޮޓޯ އަށް 3،000 ރުފިޔާ

މުބާރާތުގެ ތަކެތި ފޮނުވުން؛ ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރި ކުރާ ތަކެތި ފޮނުވަން ޖެހޭނީ ޓެލެގްރާމު މެދުވެރިކޮށް 7231002 އަށެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުން :މުބާރާތުގައި ބައިވެރި ކުރާ ތަކެތި، އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު، މި ކެމްޕޭނުގެ ފޭސްކްބް ޕޭޖުގައި ޕޯސްޓްކޮށް ޝެއާ ކުރުމަށާއި ލައިކްސް ހޯދުމަށް އާންމުކޮށް ހުޅުވާލާނެއެވެ.

މި މުބާރާތުގެ ދަށުން ޕޯސްޓު ކުރާ ވީޑިއޯ އަދި ފޮޓޯ ޝެއާކޮށް ލައިކް ހޯދުމަށް ހުޅުވާލައި ފުރުސަތުއޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ އިރުއޮއްސި ހަޔަކާ ހަމައަށް އޮންނާނެއެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރާނެ ދުވަހާއި ވަގުތު އެ ދުވަހު އިއުލާން ކުރެވޭނެއެވެ.